ރ.ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓިސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މަގުތަކުގައި ތާރުއެޅުމުގެ 38 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.
28.2 މިލިއަން ރުފިޔާގެ މި މަޝްރޫޢާއި އެމްޓީސީސީން ހަވާލުވީ، މި ހުސްވި އަހަރުގެ މެއިމަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢު 240 ދުވަހުގެތެރޭގައި ނިންމަންޖެހޭނެކަމަށް އެގްރިމަންޓުގައި ބުނެފައިވެއެވެ.
https://twitter.com/MTCCPlc/status/1249905468887056386?s=20
ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން، އެމްޓީސީސީންދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގަމުންނެވެ. މި ގޮތުން ބަލާއިރު، ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ 87 ޕަސެންޓް ނިމިފައިވާކަމަށް، މި މަހުގެ 08 ވަނަ ދުވަހު އެމްޓީސީސީންވަނީ ހާމަކޮށްފައެވެ.

