ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގު ތަރައްގީކުރިޔަސް ސައިކަލުތައް ވަނީ އިތުރު، ޕާކްކުރުމުގެ ރަނގަޅު އުސޫލެއް ނެތް: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަދި މަގެއް ތަރައްގީކުރިޔަސް މާލޭގައި ވެހިކަލް ދުއްވުމާއި ސައިކަލު ޕާކްކުރުމުގެ ރަނގަޅު އުސުލެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބުދަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެންމެ ފަހުން ނިންމި ބޮޑުތަކުރުފާނު މަގުގެ މަޝްރޫއަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުން އަދި މަގެއް ތަރައްގީކުރިޔަސް މާލޭގައި ވެހިކަލް ދުއްވުމާއި ސައިކަލު ޕާކްކުރުމުގެ ރަނގަޅު އުސޫލެއް ނެތް ކަމަށާއި، މާލޭގެ މަގުތައް ހެދުމަކީ މާލެ ސިޓި ކައުންސިލުގެ އިހްތިސާސުގައިވާ މައްސޫލިއްޔަތެއް ނަމަވެސް އެކަން ކުރުމަށް މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ޖާގަނުދޭކަމަށް ވިދާޅުވެފައެވެ.

”މަގެއް މާލޭގައި އަޅުއްވައިފި، އެޅި ވަރަކަށް އެމަގަށް ސައިކަލު އެބަ އިތުރުވޭ، ސައިކަލުތައް މާލޭގައި ޕާކު ކުރުމުގެ އުސޫލެއް ނެތް، މާލޭގައި އެއްޗެހި ދުއްވުމުގެ ރަނގަޅު އުސޫލެއް ނެތް، މާލެ ސިޓީ ކައުންސިލަށް މިކަން ކުރުމުގެ ޖާގައެއް ނެތް،“ ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް މާލޭގެ މަގުތަކުގައި ތާރު އެޅުމަކުން މާލެއަށް ދިމާވެފައިވާ ޓްރެފިކާއި ހިނގާބިނގާ އުޅުމުގެ ދަތިކަމަށް ހައްލެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، މާލޭގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އެންމެ ބޮޑު ދަތިތަކާ ކުރިމަތިވަނީ މާލޭގެ އެތެރޭގެ ހަނި މަގުތަކުގައި ކަމަށާއި މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅިނަމަވެސް، އެކަމުގެ ސަބަބުން މާލޭގެ ދަތުރުފަތުރުގެ މުޅި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އެމަނިކުފާނު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މާލޭގެ ބަނދަރަކަސް، އަދި ވެމްކޯއިން ކުނި ނެގިއަސް ކޮންމެ ކަމެއްވެސް އޮތީ މިފަދަ ހާލަތެއްގައި ކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: