ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެމްއެޗްއާރު ޓްރޭޑިންއަށް ދައުވާކުރަން ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅިގެން އެމްއެޗްއާރު ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަން ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފިއެވެ.

އޭސީސީން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ފައިސާ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން، 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެކިފަހަރު މަތިން އެސް.އޯ.އެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000.00 ޑޮލަރު (ތިން ލައްކަ ފަންސަވީސް ހާސް އެމެރިލާ ޑޮލަރު) އެމް.އެޗް.އާރ އަދި އެ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ ”ތަރުކާރީ ފިހާރަ“ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ވަނީ ބުނެފައެވެ.

މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވީނަމަވެސް އެ ޗެކުތައް އެ ކުންފުންޏަށް ދިނީ ކޮން ފަރާތަކުންކަމާއި އަދި ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއްވެސް އެ ކުންފުންޏަށް ތަހުގީގުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. އަދި އެމް.އެމް.ޕީ.އާރ.ސީ ޚިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ޚިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށްވާ އެމް.އެމް.ޕީ.އާރ.ސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތު މެދުވެރިކޮށްކަމާއި އެ ޗެކު އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން އޭސީސީން ވަނީ ހާމަކޮށްފައެވެ.

އެމް.އެޗް.އާރގެ އެކައުންޓަށް އެސް.އޯ.އެފްގެ އެކައުންޓުގެ ޗެކުތައް ޖަމާކޮށްފައިވާއިރު، ޗެކުތަކަކާ ގުޅޭގޮތުން ޒިޔާތުއާއި އެމް.އެޗް.އާރ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ)އާ ދެމެދު މުއާމަލާތްކޮށްފައިވާކަމާއި އެ މުއާމަލާތްތަކުން އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމް.އެޗް.އާރ ކުންފުނީގެ އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ގާނޫނުގެ 53 ވަނަ މާއްދާއާއި އެ ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ތެރެއިން އެސް.އޯ.އެފްގެ ޗެކުތައް މެދުވެރިކޮށް އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވާ 325,000.00 ޑޮލަރު (ތިން ލައްކަ ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ޑޮލަރަށްވާ 5,011,500.00ރ (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ ރުފިޔާ) އާއި އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރއަށް ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެމް.އެމް.ޕީ.އާރ.ސީއަށް ފޮނުވަން ވެސް ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: