ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕަމްޕް ސްޓޭޝަން ގާއިމުކޮށް ނިމުމުން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރެވޭނެ: އެމްޓީސީސީ

ފޮޓޯ: އެމްޓިސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނު މަގުގައި ބަހައްޓަން ފަށާފައިވާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ނިމެންދެން، މޫސުމީ ވިއްސާރައިގެ ސަބަބުން އެ މަގުގައި ފެންބޮޑުވާނަމަ، އެ މަގުގައި ފެން ހިންދުމުގެ މަަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލާފައި ވީނަމަވެސް، އެ މަގުގައި އިތުރު މަސައްކަތްތައް ކުރަމުންގެންދާނެކަން އެ ކުންފުނިން މީގެ ކުރިން ހާމަކޮށްފައިވާނެކަމަށެވެ.

އެމްޓީސީސީއިން ބޮޑުތަކުރުފާނު މަގުގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ކަމަކީ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކުރުމެވެ. އެގޮތުން އޯގަސްޓް 15 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަވުމާއި ގުޅިގެން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައިވާއިރު މަގުން ފެން ހިންދުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާނެކަމަށް އެ ކުންފުނީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް އޮތް ސަރަހައްދު ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. މީގެ ތެރޭގައި މަގު ފުޅާކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: