ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮޅު އަހަރު ތެރޭ ސްމާޓް އައިޑީކާޑު ތައާރަފްކުރާނެ، އެ ކާޑުތަކުން ފައިސާ ވެސް ދެއްކޭނެ: ރައީސް

އައިޑީކާޑެއް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސްމާޓް އައިޑީކާޑު ތައާރަފްކުރައްވާނެ ކަމަށާއި އެ ކާޑުތަކުން ފައިސާ ވެސް ދެއްކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ގެ ތިންވަނަ ޕްރޮގްރާމްގެ ދެވަނަ ބައިގައި ރައީސް މުއިއްޒު ވިދާޅުވީ، ސްމާޓް އައިޑީ ކާޑު ތައާރަފްކުރުމަކީ ސަރުކާރުން ކުރިއަށް ގެންދާ މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަޝްރޫއެއްގެ މުހިންމު ބައެއް ކަމަށެވެ. އަދި އައިޑީ ކާޑު ޑިޖިޓަލް އައިޑީ ކާޑަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސްމާޓް އައިޑީ ކާޑު ބޭނުންކޮށްގެން ހުރިހާ ތަނަކުން ހިދުމަތް ހޯދޭ ގޮތް ހަމަޖައްސާއިރު، އިލެކްޓްރޯނިކް ޗިޕެއް ހިމެނޭ ގޮތަށް އުފައްދާ އެ ކާޑު ތައްޔާރުކުރާނީ އެއިން ފައިސާ ވެސް ދެއްކޭ ގޮތަށް ކަމަށެވެ.

”އެކަންވެސް އިރާދަކުރެއްވިއްޔާ، ތާވަލުކުރެވިފައި އޮތްގޮތަށް، ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ހާސިލުވެގެންދާނެ. އެއިން ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭކަހަލަ. ޕޭމަންޓް ދެއްކުންވިޔަސް، ހުރިހާ ކަމެއްވެސް ކުރެވޭގޮތަށް މި ބަދަލުތައް އަންނަނީ. އެ ކާޑުން ގިނަ ކަންކަން ކުރެވޭނެ. ތަންތަނަށް ޚިދުމަތް ހޯދަން ދިޔުން ކަމުގައިވިޔަސް، ޚިދުމަތް ލިބިގަތުން ކަމުގައިވިޔަސް، ވާހަކައަކީ ހުރިހާ ކަމެއްގައިވެސް އެ ކާޑުން އެ މީހާގެ އަމިއްލަ ރެކޯޑްސްތައް ބެލެހެއްޓުން ކަމުގައިވިޔަސް، އެ ކުރެވޭގޮތަށް، ފިންގަރ ޕްރިންޓް އިން ބިލްޓް ކާޑެއް މި ތަޢާރުފް ކުރަނީ. އަދި އޭގައި ޗިޕެއްވެސް ލާފައި،“

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޑިޖިޓަލައިޒޭޝަންގެ މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ އޮފީހެއްގައި ހުރި ލިޔެކިޔުންތައް ޑިޖިޓަލައިޒްޑް ކުރެވި، އެ ލިޔެކިޔުންތައް ރައްކާތެރިކުރެވޭނެ ނިޒާމެއްވެސް ގާއިމްކުރައްވާނެ ކަމަށެވެ. އެއާއެކު، ޑިޖިޓަލް އާކައިވެއް އުފެދި އޭގެ ބޭނުން ދިގު މުއްދަތަކަށް ހިފުުމުގެ ފުރުސަތު ހުޅުވިގެންދާނެކަން އެމަނިކުފާާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ބޭންކުތަކާއި ސަރުކާރުގެ ހިއްސާ އޮންނަ ހުރިހާ ތަނަކުން އެ މަޝްރޫއުގައި ބައިވެރިވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަޝްރޫއިން އިސްތިސްނާވެގެން، އެއްވެސް ފަރާތަކަށް ދުރުގައި ނުތިބެވޭނެ ކަމަށާއި މަޝްރޫއުކުރިއަށް ދަނީ ހުރިހާ އެންމެން ބައިވެރިވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރަނީ ދެ ފުށް ފެންނަ ނިޒާމެއް ގާއިމްކޮށް މުޖުތަމައުއިން ކޮރަޕްޝަންގެ ވަބާ ނައްތާލައި ރައްޔިތުންނަށް ހިދުމަތް ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އަދި ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަންވާއިރަށް ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ފުރިހަމަމިނުގައި ތަންފީޒު ކުރެވެމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: