ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނެޝަނަލް ޕޭމަންޓް ސްވިޗް“ ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ދިނުމަށް މަޖިލީހަށް އިސްލާހެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ ”ނެޝަނަލް ޕޭމަންޓް ސްވިޗް“ ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާހުގެ ބަހުސް ފަށައިފިއެވެ.

މިއަދުގެ މަޖިލީހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ އިސްލާހުގެ ބޭނުމަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރަން ނެޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމްކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

އެ އިސްލާހުން ނެޝަނަލް ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ 15 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ވަނީ ހުށައަޅާފައެވެ. އެ މާއްދާގައިވާ ގޮތުން ރާއްޖޭގެ ގައުމީ ސިސްޓަމްގައި ހިމެނޭ ވަކި ޕޭމަންޓް ސިސްޓަމެއް އެއީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް (އެމްއެމްއޭ) އަށް ލިބިގެންދާނެއެވެ. އެއާއެކު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެ އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައަޅާފައިވާ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށެވެ.

އެ ބަދަލުތައް ގާނޫނަށް ގެނެސް، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ނެޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބައިވެރިވާން ޖެހޭކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އެކަމަކު ޕޭމަންޓް ހިދުމަތްދޭ ތަންތަނުން އެ ގޮތަށް ބަދަލުވާ މަރުހަލާގައި އިންތިގާލީ އިންތިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމުގެ ހުއްދަ އެމްއެމްއޭއިން ދޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

ގާނޫނަށް މި ބަދަލު ގެންނަން ހުށަހެޅިއިރު ސަރުކާރުން މިހާރު އިސްކަންދޭ ޕޭމަންޓް ސިސްޓަމަކީ ”ފަވަރަ“ އެވެ. އަވަށްޓެރި އިންޑިއާގެ ޕޭމަންޓް ސިސްޓަމް ”ޔޫޕީއައި“އާ މިފަހުން ގުޅާލީ ވެސް ފަރަވައެވެ. ރާއްޖޭގެ ބޭންކްތަކުގެ މެދުގައި ހިންގާ މުއާމަލާތްތައް ޕްރޮސެސްކުރަނީ ވެސް ފަވަރަގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: