ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ސަރުކަރާރަށް ނެގޭ އިސްލާހު އަނބުރާ ގެންދިއުމަށް ހުށައެޅި ޕެޓިޝަނަށް 2200 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ޕެޓިޝަނުގައި 2,200 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އިސްނަގައިގެން މިދިޔަ ހަފުތާގެ ތެރޭގައި ހުށަހެޅި މި ޕެޓިޝަނުގެ މުއްދަތު ހަމަވާން އަދި ބާކީ 37 ދުވަސް އެބައޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބަޔާންކުރާ ގޮތުގައި ޕެޓިޝަނަކަށް 2,200 ސޮއި ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވެއްޖެނަމަ، އެ ޕެޓިޝަނެއް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީއަކަށް ފޮނުވަން ޖެހެއެވެ.

މި ޕެޓިޝަނަކީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން ސްޕޮންސާކުރައްވައި މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެކެވެ. ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުން ފަހިވެގެންދާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް އޮތުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. މި ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ މާދަމާއަށް މި ބިލުގެ މަސައްކަތް ނިންމަން މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު ޢަބްދުލްޙައްނާން މީގެކުރިން ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: