ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ފަސް އަހަރު ބެންކިން ދާއިރާގެ ފައިދާއިން 200 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވެފައިވޭ: ގަވަރުނަރު

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ލިބުނު ފައިދާގެ ތެރެއިން 200 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ އެމްއެމްއޭގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، ޖީޑީޕީއަށް މާލީ ދާއިރާއިން ކުރާ ހިއްސާ ދެގުނައަށް އިތުރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ބޭންކިންގ ދާއިރާއަކީ ފައިދާ ބޮޑު ދާއިރާއެއްކަން ފާހަގަކުރައްވަމުން، 2025 ވަނަ އަހަރު ބޭންކުތަކަށް ޓެކުހުގެ ކުރިން 5.15 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 356 މިލިއަން ޑޮލަރު) ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި 737.38 މިލިއަން ރުފިޔާ ދައްކާފައިވާއިރު، މިއީ އެ އަހަރު ލިބުނު ޖުމްލަ އިންކަމް ޓެކުހުގެ 14 އިންސައްތައެވެ.

އެހެންނަމަވެސް، ވޭތުވެދިޔަ އަހަރު އެކަނިވެސް ބޭންކިންގ ދާއިރާގެ ފައިދާގެ ގާތްގަނޑަކަށް 11 އިންސައްތަ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ އަދަދު 200 މިލިއަން ޑޮލަރާ ގާތްކޮށްފައިވާ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މި ދާއިރާއިން ލިބޭ މަންފާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓުމަށްޓަކައި ދިވެހި ބޭންކުތައް ގިނަކުރަން ޖެހޭ ކަމަށާއި، އެކަމަށް މަގުފަހިކުރުމަށް ބޭންކިންގ ޤާނޫނަށް އިސްލާހު ގެނައުމާއި އިސްލާމީ މާލީ ނިޒާމުގެ އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެމްއެމްއޭއިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭންކިންގ ދާއިރާގެ މެނޭޖްމަންޓް މަޤާމުތަކުގެ 40 އިންސައްތައަކީ ބޭރު މީހުންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ އަދަދު 20 އިންސައްތައަށް ވުރެ ދަށްކޮށް، މަޤާމުތަކުގެ 80 އިންސައްތައަށް ވުރެ ބޮޑުބައި ދިވެހިންނަށް ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އަންނަ އަހަރު ”ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު“ އެއް ތަޢާރަފުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ގޮތުން އަންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، ސަރުކާރުގެ ”މޯލްޑިވްސް 2.0“ އާ އެއްގޮތަށް ޑިޖިޓަލް ބޭންކިންގ އަދި އޭއައިގެ ބޭނުން ހިފައިގެން، ބައިނަލްއަޤްވާމީ މާލީ ނިޒާމާ ރާއްޖެ ގުޅުވައިދޭނެ ފަސޭހަ ކްރޮސް-ބޯޑަރ ޕޭމަންޓް ނިޒާމުތަކެއް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: