ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ސާފުތާހިރުކަން ކުޑަކޮށް މަސް ހިއްކަމުން ދަނިކޮށް އެކަން ހުއްޓުވައިފި

ވިލިމާލޭގައި ސާފުތާހިރުކަން ކުޑަކޮށް މަސް ހިއްކަމުން ދިޔަ ތަނުގައި ސިޓީ ކައުންސިލުގެ މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ބިންމަތީ ސަތަރި އަޅައިގެން ވަޅޯމަސް ހިއްކަމުން ދަނިކޮށް އެކަން މާލޭ ސިޓީ ކައުންސިލުން ހުއްޓުވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގަިއ ބުނީ، އެ ކައުންސިލުގެ ވިލިމާލޭ ކޮމިއުނިޓީ އެންގޭޖްމަންޓު ޔުނިޓުން ވިލިމާލޭގެ މަގުތަކުގައި އިއްޔެ ހަރަކާތްތެރިވަމުން ދަނިކޮށް، އެ އަވަށުގެ އިންޑަސްޓްރިއަލް ޒޯނުގައި ސާފުތާހިރުކަން ކުޑަކޮށް، ބިން މަތީގައި ސަތަރި އަޅައިގެން ސަތަރި މަތީގައި މަސް ހިއްކަން ބަހައްޓައިފައި ހުރިކަން ފާހަގަވި ކަމަށެވެ.

އެ ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން ސާފުތާހިރުކަން ކުޑަކޮށް ސަތަރި މަތީގައި މަސްހިއްކަން ބަހައްޓަމުންދާ ކަން ފާހަގަވުމާ ގުޅިގެން އެ މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ރަސްމީކޮށް އަންގައިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން އިތުރަށް ބުނީ އެއަށްފަހު އެމްއެފްޑީއޭއާއި ކައުންސިލުގެ ވިލިމާލޭ ކޮމިއުނިޓީ އެންގޭޖްމަންޓު ޔުނިޓު ގުޅިގެން އެ އަވަށުގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި އެގޮތަށް ހުރި ތަންތަން ބަލައި، އެ ކަންކަން އިސްލާހުކުރުމަށް އަންގާފައިވާ ކަމަށެވެ.

ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ ގާނޫނާއި ގަވައިދުތަކުގެ ދަށުން މަނާ ކަމެއް ކަން ފާހަގަކޮށް، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތްތަކުން ސާފުތާހިރުކަން ކުޑަވާ ގޮތަށް ކަންކަން ނުކުރުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: