ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އެމްބެސެޑަރު ދެއްކެވި ވާހަކަ ރާއްޖެއިން ދޮގުކޮށްފި

ރައީސް ޑރ މުއިއްޒު އަދި ބޮޑުވަޒީރު މޯދީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެެއް ގާއިމްކުރާނެ ކަމަށް އިންޑިއާގެ ހައިކޮމިޝަނަރު ބަލަސުބްރަމާނިއަން ދެއްކެވި ވާހަކަ ރާއްޖޭގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް އިންޑިޕެންޑެންޓްއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވަނީ އްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން ރާއްޖެއާއި އިންޑިއާގެ ލީޑަރުންގެ މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތައް ދޮގުކޮށް، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާއިއުކޮށްފައިވާ ހަބަރުތަކަކީ ސައްހަނޫން ހަބަރުތަކެއް ކަމަށެވެ.

އެގޮތުން، މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ގައުމުއެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަކަށް ނިންމާފައެއް ނުވާ ކަމަށާއި މިކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް އެ ބަޔާނުގައިވެެއެވެ.

އެހެންކަމުން، ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިޢުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހޭލުންތެރިކަމަށް ޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

2021 ވަނަ އަހަރު އައްޑޫގައި އެ ގައުމުގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އިންޑިއާގެ ކެބިނެޓުން ވެސް ނިންމާފައިވާ ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ކުރިއަށް ވުރެ ހީނަރުވެފައެވެ. އެގޮތުން މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދިއަށް މަލާމާތްކުރުމުން އިންޑިއާއިން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ވެސް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: