ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫނު އެއްޗަކުން ދިން ހަމަލާއެއްގައި މީހަކު ޒަހަމްކޮށްލައިފި

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ މާލެ މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި ތޫނު އެއްޗަކުން ޒަހަމުކޮށްލާފައިވަނީ ދިވެހި ފިރިހެނަކު ކަމަށާއި އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ހާދިސާގެ އިތުރު ތަފްސީލެއް ދީފައިނުވެއެވެ،

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މާރާމާރީގެ 419 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: