ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ މަނީ އެކްޗޭންޖެއްގެ ލައިސަންސް ބާތިލުކޮށްފި

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެ މާލޭގައި ހިންގަމުން އަންނަ މަނީ އެކްސްޗޭންޖެއްގެ ލައިސަންސް މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލުކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޭރު ފައިސާ ގެނެވިއްކުމާ ބެހޭ ގަވައިދާ ހިލާފުވުމުގެ ސަބަބުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށެވެ. އެކަން ފާހަގަވީ މަނީ އެކްސްޗޭންޖުކުރާ ފަރާތްތައް ސުޕަވައިޒްކުރުމުގެ ތެރެއިން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ ނިންމުމާއެކު އެ އޮތޯރިޓީން ވަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ. އަދި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރާ ފަރާތްތަކާ މެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.

މަނީ އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ހިފަހައްޓާފައިވާއިރު، ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.

އެގޮތުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް، ކަޅުބާޒާރުގައި ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް 1،000،000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކަންކަން ކުރާ ފަރާތްތައް 25،000ރ. އާއި 500،000 ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

މި ބަދަލުތަކާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު އަހުމަދު ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، ސަރުކާރުން މިހާރު ހުށަހަޅައިގެން އުޅޭ ޖޫރިމަނާތަކަކީ އެމްއެމްއޭގެ ގާނޫނުގެ 24 ވަނަ މާއްދާގައި މީގެ ކުރިންވެސް ހިމެނޭ ކަމެވެ. އޭނާ ވިދާޅުވީ މައްސަލައަކީ ގާނޫނުތައް ތަންފީޒުނުކުރެވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: