ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން އައްޑޫގެ 100 މީހުން ވަކިކޮށްފި، މިއީ އިގްތިސާދަށް ގެއްލުންވާނެ އަނިޔާވެރި ނިންމުމެއް: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ފެނަކަ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރުމަކީ އެތަކެއް އާއިލާއެއް ބިކަވެ ނިކަމެތިވެ، އައްޑޫ ސިޓީގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ އަނިޔާވެރި ނިންމުމެއްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު އަލީ ނިޒާރު މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލިއަކަށް ވަކިކުރުމަކީ އެތައް އާއިލާއެއް ބިކަވެ، ނިކަމެތިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގެ އިގްތިސާދަށް ވެސް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ އަނިޔާވެރި ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އެ މީހުންގެ ސިޔާސީ ފިކުރަށް ބަލާފައިވާކަން ޔަގީންވާ ކަމަށް ވިދާޅުވެ، ނިޒާރު ވަނީ މިފަދަ ތަފާތުކުރުންތަކާއި އަނިޔާތަކާ ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

”އައްޑޫ ސިޓީ ފެނަކަ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރުމަކީ އެތަކެއް އާއިލާއެއް ބިކަވެ ނިކަމެތިވެ، މި ސިޓީގެ އިގްތިސާދަށް ބޮޑެތި ގެއްލުން ލިބިގެންދާނެ އަނިޔާވެރި ނިންމުމެއް. މުވައްޒަފުން ވަކި ކުރުމުގައި އެ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލާފައި ވާކަން ޔަގީންކުރެވޭ“ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމާއި، ރައްޔިތުންނަށް އޮޅުވާލައި އަނިޔާވެރިވުން ސަރުކާރުން މިހާރު ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ތެރެއިންނާއި ގާނޫނީ އިމުގެ ތެރެއިން ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމަށް އައްޑޫގެ އެންމެހާ ރައްޔިތުންނަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ރައްޔިތުންގެ އެ ހައްގު ދިފާއުކުރުމުގެ މަސައްކަތުގައި އެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް މޭޔަރު އަލީ ނިޒާރު ވަނީ ދެއްވާފައެވެ.

ފެނަކައިގެ އިތުރުން، ސަރުކާރުގެ ހުރިހާ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އޮތީ ކުންފުނިތަކަށް އަންގައިފައެވެ. އެގޮތުން، ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް އަންގާފައިވާއިރު، ތިން މަސް ތެރޭގައި އެ އަމާޒު ހާސިލުކުރަން ޕީސީބީން އެންގީ މިދިޔަ ޖުލައި 12 ވަނަ ދުވަހުއެވެ.

އެކަމަކީ، ސަރުކާރު ކުންފުނިތަކުން އިދިކޮޅަށް ތާއީދުކުރާ މީހުން ވަކިކޮށް، ސަރުކާރަށް ތާއީދުކުރާ މީހުންނަށް ވަޒީފާ ބަހަން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީން ވަނީ ސިފަކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް ”ޖޮބް ބުރާސްފަތި“ގެ ނަމުގައި ވަނީ އިހުތިޖާޖެއް ވެސް ބާއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: