ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމަތީގައި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ދޯނި ނުހޯދި 43 ދުވަސް!

އެކްސިޑެންޓުގައި ގެއްލުންވި ލީޖަން 1 ލޯންޗު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަތީގައި ”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗުގައި ޖެހި ހިނގި އެކްސިޑެންޓަށްފަހު މަޑުނުކޮށް އެތަނުން ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ލީޖަން 1 ލޯންޗު ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކުރިކަމުގެ މައުލޫމާތު ފުލުހުން ލިބުނީ ޖުލައި 9 ވަނަ ދުވަހުގެ ރޭ 21:16 ހާއިރުއެވެ.

އެ ހާދިސާއައި އެ ލޯންޗުގައި ޖެހުނު އުޅަނދު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް ވެސް މީގެ ކުރިން އެދިފައިވާއިރު، އުޅަނދު ނުހޯދި މިއަދަށް ވަނީ އެއް މަހާއި 13 ދުވަސް ވެފައެވެ. އަދިވެސް އެ އުޅަނދު ހޯދިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ”ސަންގަށް“ ވިދާޅުވެފައިވާއިރު، މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ފުލުހުން މީގެ ކުރިން އެެދިފައިވަނީ އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9926094 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދިނުމަށް ފަސް މީހަކު އައިޖީއެމްއެޗްއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ލޯންޗު ކެޕްޓަނާއި ހަތަރު ބިދޭސީންނެވެ.

މިދިޔަ ޖޫން 1 ގައި ވެސް ކަނޑުމަތީގައި ދެ އުޅަނދު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ކ. ގާލުފަޅު ކައިރިން ”ޓުއާ ގާޑް“ ލޯންޗާއި ސަޕްލައި ދޯންޏެއް އެކްސިޑެންޓުވެ ހިނގި ނުރައްކާތެރި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ލޯންޗުގައި ތިބި ދިވެހި ކެޕްޓަނަށާއި ބަންގްލަދޭޝް ފަޅުވެރިޔާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އެ ހާދިސާގައި ލޯންޗުގައި ޖެހި އެކްސިޑެންޓުވި ސަޕްލައި ދޯނި އެ ސަރަހައްދު ދޫކޮށް ދިޔަނަމަވެސް، އެ އުޅަނދު ހޯދައި، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: