ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރ ސައުދު ގޮވާލެއްވީ ސަރުކާރުން ތިނަދޫއަށް ވައުދުވި އެއާޕޯޓު ގާއިމްކުރުމަށް

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީގައި ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެއާޕޯޓު ވީ އެންމެ އަވަހަށް ގާއިމްކޮށްދިނުމަށް މޭޔަރ ސައުދު އަލީ ގޮވާލައްވައިފިއެވެ.

ތިނަދޫގެ ”އާބާދީ 60“ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ ތިނަދޫގެ ވައިގެ ބަނދަރު ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެން ވައުދު ފުރިހަމަ ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ތިނަދޫގައި އެއާޕޯޓެއް އަޅަން އެއްބަސްވުމެއްގައި ސޮއި ކުރީ ފެބްރުއަރީ، 2024، ގައެވެ. އެ ޕްރޮޖެކްޓު ކެންސަލް ކުރިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މެއި، 2025، ގަ އެވެ. ނަމަވެސް ރައީސް އޮފީހުން ގެނެސްދިން ”ޕަލްސް“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތިނަދޫ އެއާޕޯޓު ޕްރޮޖެކްޓަކީ އެމަނިކުފާނުގެ އެންމެ މުހިންމު ޕްރޮޖެކްޓު ކަމަށެވެ. އެ ޕްރޮޖެކްޓު ކުރިއަށްގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތިނަދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ހަވާލުކުރީ ޕޭން ޕެސިފިކް ކިޔާ ތައިލެންޑު ކުންފުންޏަކާއެވެ.

ތިނަދޫގެ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ހައްލު ހޯދުމަށްޓަކައި ރިއަލްސްޓޭޓް އުސޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިތަކަށް ދައުވަތު ދޭ ކަމަށާއި އެގޮތުގައި މަސައްކަތް ކުރުމަށް ކައުންސިލުން ތައްޔާރަށް އޮތް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

އެއާޕޯޓުގެ ވާހަކަ ފާހަގަކުރެއްވުމުގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވައިދިނުމަށްޓަކައި އެކި ދާއިރާތަކުގައި އޮފީސްތައް ގާއިމްކުރުމަށް ކައުންސިލުން ސަރުކާރަށް ހުށައެޅުންތަކެއް ހުށައަޅަމުން އަންނަ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ޒުވާނުންނަށް މަތީ ތައުލީމްގެ ފުރުސަތުތައް ހުޅުވައި ދިނުމަށްޓަކައި ބޭރުގެ އެކި ގައުމުތަކާއި މަޝްވަރާކޮށްގެން މަސައްކަތް ކުރުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.

”ތިނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ކަނޑައެޅިފައިވާ ބިންތައް ތަރައްގީކުރުމާއި ތިނަދޫގެ މަސްދޯނިތަކާއި ލޯންޗުތައް ތަރައްގީ ކުރެވޭނެ ބޯޓު ޔާޑު ތަރައްގީކުރުމަށް މަސައްކަތްކުރަން. ތިނަދޫގައި ފުލެޓު އެޅުމަށް ސަރުކާރަށް ވާނީ އެދިފަ“

ސައުދު ވިދާޅުވީ ތިނަދޫ މިހާ ހިސާބަށް ގެނައުމުގައި އެންމެ މުހިންމު މަސައްކަތެއް ކުރީ ރަށުގެ ރައްޔިތުން ކަމަށެވެ. އަދި ތިނަދޫއަށް ތަރައްގީ ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސިޓީގެ ރައްޔިތުން ކުރި މަސައްކަތުން ދަތުރު ކުރަންޖެހުނު ދިގު މަގު، ކުރުވެގެން ދިޔަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: