ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ މޭޔަރު ސައުދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލަން އޭސީސީން އެދިއްޖެ

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިނަދޫ ކައުންސިލުގެ ކުރީގެ މެމްބަރުންތަކެއްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ މައްސަލައިގައި ސައުދު އާއި ކުރީގެ ކައުންސިލަރުންތަކެއްގެ މައްޗަށް ދައުވާކޮށްދޭން އެދިފައިވަނީ ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، އާންމުކޮށް ބީލަމަށް ހުޅުވާލުމަކާ ނުލައި އެ ކުންފުންޏަށް ބިން ދިން މައްސަލައިގައެވެ.

”ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު“ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ/ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި ވީނަމަވެސް، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި ކުންފުންޏަކަށް ބިމެއް ދޫކުރަން ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަގާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަހްމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް ނިންމާފައިވަނީ އިއުލާންކުރުމަކާ ނުލައި، ގަވައިދާ ހިލާފަށް އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރު ސައުދު ސޮއިކުރައްވައި، ގަވާއިދާ ހިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުގެ އިތުރަށް 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ގަވައިދާ ހިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2026 ގައެވެ.

އެހެންކަމުން، ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަގާމުގައި ހުރި ސައުދު އާއި، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަގާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަހްމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށް، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލަން އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

އިދިކޮޅު ދެ ލީޑަރުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއެކު ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރިފަހުން، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އާބާދީ އޮޅުވާލިކަމަށް ބުނާ މައްސަލައިގައި ސައުދުގެ މައްޗަށް އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ މީގެ ކުރިން ވަނީ އުފުލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: