ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމަޒަކީ 2030އާ ހަމައަށް ދާއިރު ޑިޖިޓަލް އިގްތިސާދު، ޖީޑީޕީގެ 15 ޕަސެންޓަށް ހެދުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އަދި ކްރިއޭޓިވް އިގްތިސާދު ހިއްސާކުރާ މިންވަރަކަށް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެށީގެ ނާޒުކު ކަމަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، އެ ވާހަކައިގެ ބާކީ ބައިގައި އޮންނަނީ އެ ޤައުމުތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައް ކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ، އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ޤައުމުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ވެފައިވަނީ، ސަރުކާރުތަކުން ޙައްލު ހޯދަން އުނދަގޫވާ މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދައިގެން، ކުދި ޖަޒީރާ ޤައުމުތަކުގެ އިގްތިސާދުތަކަށް ބާރުދޭ އިންޖީނުތަކަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ ކުޑަކަމަކީވެސް، އެއިން ފައިދާ ހޯދޭނޭ ކަމަކަށް ހެދިދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ޤައުމުތައް، ފަންނިއްޔާތާއި، ޙައްލުތަކާއި، ޚިޔާލުތަކާއި، އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު، ސުމޭކު ގުޅުންތަކަކީ ހަމައެކަނި މުވާސަލާތާ ގުޅުންހުރި މައްސަލައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ސުމޭކު ގުޅުންތައް ވެފައިވަނީ، ވިޔަފާރި އާއި މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިގްތިސާދު ބިނާރަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މޯލްޑިވްސް 2.0 ގެ އެޖެންޑާ މެދުވެރިކޮށް، ޤައުމުގެ ޖޯގުރަފީ އާއި ބޮޑުމިނުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގައި ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕްތަކަށް އަމާޒުކޮށްގެން، ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް ސަމާލުކަންދީގެން، މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ޒަމާނާ އަދާހަމަކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫށާއި، 2027 ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތްކުރައްވައި، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން ވުނަކުރުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޖަޒީރާތަކުގެ އުންމީދީ ޚިޔާލުތައް، ވިޔަފާރިތަކާއި، މާލީ އެހީތެރިކަމާއި، ފަންނިއްޔާތާއި، ބައިވެރިންނާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ޖީ.ބީ.އެން ތަރައްޤީކުރުމަށް، ޔޫ.އެން އޮފިސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް ފޯ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ސްޓޭޓްސް (ޔޫ.އެން- އޯ.އެޗް.އާރް.އެލް.އެލް.އެސް) އަށް ގޮވާލައްވަމުންނެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ސިޑްސް ތަމްސީލުކުރައްވާ ވަޒީރުންނާއި، ސަރުކާރުތަކުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓުން އަދި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: