ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރ އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއަކަށް ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން އެކަން ކަށަވަރުވި ނަމަވެސް، އޭނާ އެ މަގާމަށް އައްޔަންކުރެއްވި ސީދާ ތާރީޚެއް ނޭނގެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް އޮފީހުގެ ވެބްސައިޓުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތުތައް ނެގި ކަމުގައި ވިޔަސް، އޭގެ ތަފުސީލުތައް އެ ބޭފުޅުން ވަޒީފާ އަދާކުރައްވާ މިނިސްޓްރީތަކުގެ ވެބްސައިޓުތަކުގައި ފެންނަ ގޮތް ވަނީ ހަދައިފައެވެ.

ހަތަރު ވަނަ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަމަށް ހޮވުނު ޢަރީޝް ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 16ވަނަ ދުވަހެވެ.

ޢަރީޝް ޕީއެންސީއަށް ސޮއިކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުންނެވެ.

އޭނާ މިދިޔަ އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވިނަމަވެސް މަގާމަށް އިންތިހާބުވެފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: