ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިވް ޓީވީ އިންޓަވިއުއެއްގައި ފުލުހުން ”ވަކިވަކިން ކޮށާލާނެ“ ކަމަށް ބުނި މައްސަލައިގައި ކުށް ސާބިތެއް ނުވި

މިދިޔަ ދައުރުގައި ޕީޕީއެމްއިން ބޭއްވި މުޒާހަރާއެއް ކޮންޓްރޯލުކުރަން ފުލުހުން ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލައިވް ޓީވީ އިންޓަވިއުއެއްގައި ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައަކީ 15 ފެބްރުއަރީ 2021 ވަނަ ދުވަހު ގއ. ކޮލަމާފުށި، އަރާކުރި، އަބްދުއްސަމަދު، ޗެނަލް 13 އަށް ދީފައިވާ ލައިވް އިންޓަވިއުއެއްގައި ފުލުހުންނަށް ނިސްބަތްކޮށް، ”ވަކިވަކިން ކޮށާލާނެ“ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާ އުފުލި މައްސަލައެކެވެ.

ފުލުހުން ކޮށާލާނެ ކަމަށް އަބްދުއްސަމަދު ބުނެފައިވަނީ، މިދިޔަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވި ޕީޕީއެމްއިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ކަސްޓޯޑިއަލް ބޭރުގައި ހުރެ، ދޮގު ހެކިބަސް ދިން ކަމަށް ބުނާ ފުލުހުންނަށް ނިސްބަތްކޮށެވެ.

އޭނާ އިންޓަވިއު ދެމުން ބުނީ ”އަޅުގަނޑުމެން ޖަލުގައި ބަންދުކުރުމަށް ދޮގު ހެކި ދިން ފުލުހުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ހައްގު އެ މީހުންނާ އަރާ ހަމަކުރާނެ“ ކަމަށެވެ. އަދި ދެން އަންނަ ދައުރެއްގައި ވެރިކަން ކުރާނީ ޕީޕީއެމްއިން ކަމަށާއި އެ ވެރިކަމުގައި، ދޮގު ހެކިބަސް ދިން މީހުން ވެސް ޖަލުގެ ތޭރިތަކަށް ދާނެ ކަމަށާއި އެ މީހުން ”ވަކިވަކިން ކޮށާލާނެ“ ކަމަށް ބުނެފައިވެއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ބިރުދެއްކުމުގެ ކުށުގެ ދައުވާއަށް އިންކާރުކޮށް އަބްދުއްސަމަދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ، ފުލުހުންނަށް ނިސްބަތްކޮށް އެ މީހުންނަށް އެއްވެސް ގެއްލުމެއް ދިނުމުގެ ގޮތުން ނުވަތަ ބިރުދެއްކުމުގެ ގޮތުން ނުވަތަ އިންޒާދެއް ދިނުމުގެ ގޮތުން އެއްވެސް އެއްޗެކޭ ބުނެފައިނުވާނެ ކަމަށެވެ. އަދި އޭނާ ދެއްކީ ވަކިވަކި ފުލުހުން ވަޒީފާތަކުން ”ކޮށާލާނެ“ ވާހަކަ ކަމަށް ބުނެފައިވެއެވެ.

އެގޮތުން އޭނާ ދިން އިންޓަވިއު އެއްކޮށް ބެލުމުން، ކޮށާލާނެ ގޮތް ބަޔާންކޮށްދީފައިވާކަން އެނގޭނެ ކަމަށާއި އޭނާ ދެއްކީ ދޮގު ހެކިދޭ ފުލުހުންނާ ގާނޫނު އަރާ ހަމަކުރާނެ ވާހަކަ ކަމަށް އަބްދުއްސަމަދުގެ ފަރާތުން ބުނެފައިވެއެވެ. އެއީ ބިރު ދެއްކުމުގެ ގަސްތެއް އޮވެގެން ދެއްކި ވާހަކައެއް ނޫން ކަމަށާއި ޣައިރު ގާނޫނީ އަމަލުތައް ކުރާ ފުލުހުން މަގާމުތަކުން ކޮށާލާނެ ވާހަކަ ކަމަށް އަބްދުއްސަމަދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިވެރީން ވެސް ކޯޓުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކުރީ، ފުލުހުން ކޮށާލާނެ ކަމަށް ބުނެފައިވަނީ ވަކި ޝަރުތެއް ފުރިހަމަވުމުން ނަތީޖާ ނުކުންނަ ގޮތަށް ކަމެވެ. އެ ޝަރުތަކީ 2023ގައި އަބްދުއްސަމަދުގެ ވެރިކަމެއް އައުމެވެ. އޭގެ އިތުރުން، ފުލުހުން ކޮށާލާނަމޭ ބުނުމުގެ ކުރިން މަކަރާއި ހީލަތް ހަދައި ދޮގު ހެކިދޭ ފުލުހުން އެނގޭ ކަމަށާއި އެ މީހުންނާ ހައްގުތައް އަރައި ހަމަކުރާނެ ވާހަކަ ބުނެފައިވާތީ، އެއީ ފުލުހުންގެ ލޭ އޮހޮރުވައި އަނިޔާދިނުމުގެ މަގުސަދުގައި ބުނި ބަހެއް ނޫން ކަމަށް ބުރަވެވޭ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުނުކޮށްދެވޭ ކަމަށް އޮގަސްޓް 10 ވަނަ ދުވަހު ގާޒީ އިބްރާހިމް އިހުސާން ވަނީ ކަނޑައަޅުއްވައިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: