އަނެއްކާވެސް ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 16 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެން ބުނީ ހޯމަ ދުވަހުގެ ރޭ ތިިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި މިއަދު އިތުރު16 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ9 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ4 މީހަކާއި3 ދިވެއްސެކެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. އަދި ތިން މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކަށް އޮކްސިޖަން ދެމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައި ވެ އެވެ. އަދި މިހާނަތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ245 އަށް އަރާފައެވެ.

