ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުން ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީން އުޅޭ 21 ތަނެއް ފުލުހުން ބަލާ ފާސްކޮށްފިއެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީން ދިރިއުޅޭ 21 ތަނެއް ބަލަށްފާސް މޮނިޓަރ ކުރަމުންގެންދާ ކަމަށެވެ.
ފައިރޫޒް ވިދާޅުވީ އެ 21 ތަނުގައި ހާހަކަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުންގެންދާ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި މީގެ ކުރިން މީގެކުރިން 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަށްވަނި ބެލުމުގެ ދަށަށް ގެނެސްފައިވެވެ.
ރާއްޖެއިންމިހާތަނަށް ފެނުނު ކޮވިޑަށް ޕޮޒިޓިވް ކޭސްތަކުގައި އެންމެ ގިނައީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ ރައްޔިތުން އިންތިހާއަށް ގިނައެވެ.
ކޮވިޑް-19 އާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުން އެނގޭ ގޮތުގައި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ޤާނޫނާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންވެސް ހިމެނެއެވެ.
ހޯމަ ދުވަހު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބާޒާރުމަތީގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ނިދަނީ ކޮން ތަނެއްގައި ކަން އެމީހުން ގެންގުޅޭ ކުންފުނިތަކަށް ނޭނގޭ މީހުންވެސް އެބަތިބި ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، ބާޒާރުމަތީގެ ފިހާރަތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކްލަސްޓާއާ ވަރަށް ގިނަ ބަޔަކު ގުޅިފައިވާ ކަމަށެވެ. އެހެންވެ މާލެއިން ބޭރުން އިތުރަށް ޤާއިމްކުރާ ފެސިލިޓީތަކަށް ބާޒާރުމަތީ ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ 136 މީހަކު ހިމެނެއެވެ. އަދި މީގެ ގިނަ މީހުން ގުޅިފައިވަނީ ހޯލްސޭލްގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ބާޒާރުމަތީ ހިންގާ އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ފަދަ ފިހާރަ ތަކާއެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ބައެއް ބިދޭސީން އެނދުގައި ނިދާ އިރު، ”އެނދު ދަށުގައި“ ދެ މީހުން ތިބޭ ތަން ވެސް ފެނިފައިވެއެވެ. ބިދޭސީންގެ އެންމެ ބޮޑު ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނެއެވެ.

