ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ނެގި ކަމަށް ބުނާ ޑޮލަރު ދީ. ،ވަގަށް ނެގި ޑޮލަރެއް ވެއްޖީއްޔާ ދިޔައީ އަލީ ސާލިހުގެ ގޮހޮރަށް!

އަލީ ސާލިޙް އަދި އަހުމަދު ނިހާން ހުސެން މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ސަރުކާރުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ޕީޕީއެމްގެ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް ޕީޕީއެމްގެ ފަރާތުން ވެރިކަން ކުރި ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށާއި އެމަނިކުފާންގެ ސަރުކާރަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އެއް ކަމަކީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ވަގަށް ނެގި ކަމަށް ބުނެ ކުރާ ތުހުމަތުތަކެވެ. 

އެގޮތުން ޕީޕީއެމްގެ ސަރުކާރަށް ނިސްބަތްވާ ވަޒީރުންނާއި އޭރު ޕީޕީއެމް ތަމްސީލް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމްއެމްޕީއާރުސީން ގެއްލުނު 1.22 ބިލިޔަން ރުފިޔާގެ މަންފާ ލިބިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. 

ޕީޕީއެމްއާއި ޕީޕީއެމްގެ ސަރުކާރަށް ނިސްބަތްވާ ގިނަ ބަޔަކަށް އެމްއެމްޕީއާރުސީން ގެއްލުނު ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް ވެރިކަން ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވެ ޕީޕީއެމްގެ ސަރުކާރަށް ނިސްބަތްވި ގިނަ ބަޔަކު ވަނީ މިހާރު ސަރުކާރު ހިންގާ ކޯޅިޝަންގެ އެއް ޕާޓްނަރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. 

ޕީޕީއެމްއަށް ނިސްބަތްވި ގިނަ ބަޔަކު ޖޭޕީއާއި ގުޅިވަޑައިގަތް ނަމަވެސް ފެންނަމުންދާ މަންޒަރަކީ ޖޭޕީގެ ތެރެއިން ވެސް އެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތައް ކުރަމުންދާ މަންޒަރެވެ. އަދި މިހާރުގެ ސަރުކާރުގެ ކޯޅިޝަން ޕާޓްނަރު ޖޭޕީއާއި މީގެކުރިން ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ގުޅިވަޑައިގަތުމަކީ އެ މެމްބަރުންނަށް ކުރެވޭ ވައްކަމުގެ ތުހުމަތުން ބަރީޢަތްވާ ކަމެއް ނޫން ކަމަށް ޕީޕީއެމްއިން ޖޭޕީއަށް ބަދަލުވި މެމްބަރުންނަށް ފާޑުވިދާޅުވާ ޖޭޕީގެ އިސް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

މިކަން މިހެން ހިނގަމުން ދަނިކޮށް ރާއްޖެއިން ނޫސްވެރިކަމުގެ މިނިވަންކަމުގައި ހޯދާފައިވާ ކާމިޔާބީއަށް އެމެރިކާއިން މަރުހަބާ ވިދާޅުވުމުން ޕީޕީއެމްގެ ސަރުކާރުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރެއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވަނީ އެކަމަށް ފާޑުވިދާޅުވެ ޓުވިޓެއް ކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ނޫސްވެރިކަމުގެ މިނިވަން ކަމުގައި ހޯދާފައިވާ ކާމިޔާބީއަށް އެމެރިކާއިން މަރުހަބާ ކިޔުމުގެ ބަދަކުގައި ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެމެރިކާއިން ޑޮލަރު ކޮޅެއް ދިއްކޮށްލި ނަމަ މާ ރަނގަޅުވީސް ކަމަށް ނިހާން ވިދާޅުވިއެވެ. 

https://twitter.com/ahmed_nihan/status/1255120546666340353

ނިހާންގެ އެ ޓުވިޓާއި ގުޅިގެން ކޮމިޔުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި މިއަދު ނިހާން ވެސް އެ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސާލިޙް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައި ނިހާންގެ ޓުވިޓަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. 

އެގޮތުން އަލީ ސާލިޙް ކުރެއްވި ޓޫވިޓުގައި ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް ޑޮލަރުގެ އެހީ ދިނުމުގެ ވާހަކަ ނިހާން ދެއްކެވުމުގެ ކުރިން ޕީޕީއެމްގެ ސަރުކާރުގައި ވަގަށް ނެގި ކަމަށް ބުނާ ޑޮލަރުތައް ދިނުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި ނިހާން އަށް ނިސްބަތް ކުރައްވާ އަލީ ސާލިޙް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ނިގުޅައިގަތް ނޫސްވެރިންގެ މިނިވަންކަން ހޯއްދަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ކަމަށާއި އެކަމަށްޓަކައި ރައީސް ސާލިޙްއަށް އަލީ ސާލިޙް ވަނީ ޝުކުރު ދަންނަވާފައެވެ. 

https://twitter.com/alisolih/status/1255145035118436353

ޕީޕީއެމްގެ ސަރުކާރުގައި ޑޮލަރު ވަގަށް ނެގި ކަމަށް ތުހުމަތު ކުރައްވާ އަދި އެ ޑޮލަރު ލިބުނު މީޙުންގެ ތެރޭގައި ނިހާން ވެސް ހިމެނިވަޑައިގަންވާ ކަމަށް ދޭހަވާ ގޮތަށް އަލީ ސާލިޙް ޓުވީޓް ކުރެއްވުމުން ނިހާ ވެސް އޭގެ ރައްދު ދެއްވައި ޓުވީޓް ކުރައްވިއެވެ.

އެތޮތުން ނިހާން ކުރެއްވި ޓުވިޓުގައި ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި އޭނާ ބައިވެރިވެގެން ވަގަށް ނަގި ޑޮލަރެއް ވެއްޖީއްޔާ ދިޔައީ އަލީ ސާލިހުގެ ގޮހަރަށް ކަމަށެވެ. އަދި  ނޫސްވެރި ކަމުގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވަން ޤާނޫނު ހެދެވި ކަމަށާއި އެކަމާ މިހާރުވެސް ފަޚުރުވެރިވާ ކަމަށް ނިހާން ވިދާޅުވިއެވެ. 

https://twitter.com/ahmed_nihan/status/1255150567464132616

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިހާރަކު ތިޔަބުނާ އެމްއެމްޕީއާރސީ އިން ގެއްލުނެއްނޫން އެތަންކޮޅު ރަގަޅު ކޮށްފަ ވަގަށްނެގި ފައިސާ އޮތީ ކިތާބީ ހެކިތަކުން ރައީސް ޔާމީން މަނީލޯންޑަރ ކުރި ކަމަށް ނިންމާފައި. ފައިސާލިބިފައިވަނީ ބޮޑެތި މެގަޕްރޮޖެކްޓް ތަކަށް. ރިސޯރޓްތަކެއްގެ އިކިއުޒިޝަން ކިޔާ ފީއެއްގެ ގޮތުގައި ބިންތަކާއި ރަށްތައް ވިއްކަމުން ގެންދެވީ ރައީސް ޔާމީނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ ކަމާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުކަން ވެސްކުރެއްވި މިދީބުގެ އަދީބު. ފައިސާތައް ވަގަށްނަގައިގެން ރައީސް މައުމޫނުވެސް އިންނެވި ޖަލްސާއެއްގައި ވަރަށް ތަފްސީލްކޮށް އަދީބު ފައިސާނެންގެވި ގޮަތް ޔާމީންކިޔާދެއްވި އަދި އެކަމެއް އެނގިވަޑައިނުގަންނަވާކަމަށް ވެސް ރައްޔިތުންނާއި މުޚާދަބުކުރެއްވި ވާހަކައިގަ ވިދާޅުވި. ކޮންމެއަކަސް ފައިސާ ބެހިގެން ދިޔައީ މިހާރުގެ ސަރުކާރުގައި ވެސް ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނަށްކަން ރައްޔިތުންނަށް އެގިފައިވަނީ މިސަރުކާރުގައިވެސް ޕީޖީގެ މަޤާމް އަދާކުރެއްވި ބިޝާމްގެފަރާތުން. މިކަމާއެއްބަސްވެވޭ ބީދައިން ރައީސް ނަޝީދުވިދާޅުވީ އަދީބަކީ ތިމަންނާމެން ފޮނުވާފައިހުރި ފަންޏެއްކަމަށް. ހެކިފެންނަން އެއޮތީ. އަދީބު އެއިންނެވީ ގޭގައި. މިކަމުން ވަރަށް ސާފު ބިޝާމް މަޖްލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްގެން އެކޮމިޓީގައި އެފައިސާގެ ހިއްސާވާ މީހުން ތިބީތީވެ އުޒުރުވެރިވެ ކޮމިޓީ އަށް ޙާޒިރުނުވުން. އެއިގެފަހުން ފެނުން އެކަމަނާ ގޮނޑިން ހޫރާލިތަން. އެހެންވީމާ އެފައިސާ މިފައިސާ ބޭނުން ކުރީ ދެބައި އެއްވަރަށް. އެކިއެކި ޕާޓީތަކުން ތިޔައެބުރެމުން ދަނީ އެއްބައެއް. ރައީސްޔާމީން ވެސް ދޫކޮށްލާ. މިހާރު ނަގާފައިސާ އެއާއި ނުބައްދަލު. ވަރަށް ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: