ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު މާރުކުރަން މަޖުބޫރުކޮށް މި ސަރުކާރުން ދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުމަށް މަޖުބޫރު ކުރުމަކީ ވިޔަފާރިތައް ބަނގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލުވާލުންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ ޖުމްލަ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ އެފަދަ ބަދަލަކަށް ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށެވެ. މި އިސްލާހާއި އެކު، އޭ ކެޓަގަރީގެ ވިޔަފާރިތަކުން މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ލާޒިމްވާނެ އެވެ.

ސަރުކާރުން ބޭރު ފައިސާއާ ގުޅޭގޮތުން އަލަށް އެކުލަވާލި ގަވާއިދަށް ފާޑުކިއުން އަމާޒުކޮށް ”އެކްސް“ ގައި އާންމު ކުރެއްވި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ގައުމަށް ތަނަވަސްކަން ހޯދެނީ ވިޔަފާރިވެރިޔާ އާއި އާންމު މަސައްކަތްތެރިޔާ ވެސް ހުރެގެން ކަމަށެވެ. އަދި ވިޔަފާރިވެރިޔާ ހޯދާ މުއްސަނދިކަމަކީ އޭނާގެ ބުރަ މަސައްކަތުން ހޯދާ އެއްޗެއް ކަމަށާއި، އެ މުއްސަނދިކަން ގުޅިފައިވަނީ މުޅި ގައުމާއި އެންމެހައި ރައްޔިތުންގެ ތަނަވަސްކަމާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ބޮޑު އިންސައްތައެއް މާރުކުރަން މަޖުބޫރު ކުރުމުން، އެ ވިޔަފާރިތަކުގެ ދެކޮޅުނުޖެހި ބަނގުރޫޓުވުމުގެ ބިރު އެބައޮތެވެ. އަދި ވިޔަފާރިވެރިޔާ ބަނގުރޫޓުވެއްޖެ ނަމަ، އެތައް ރައްޔިތުންނެއްގެ ވަޒީފާތައް ގެއްލިގެންދާނެ ކަމަށާއި، ރިޒޯޓު ވިޔަފާރިތަކަށް މިކަމުގެ ސަބަބުން އަސަރުކޮށްފިނަމަ އެ ދާއިރާއާ ގުޅިފައިވާ އެހެނިހެން ހުރިހާ ވިޔަފާރިތަކަކަށް ވެސް އޭގެ ނޭދެވޭ އަސަރު ސިލްސިލާކޮށް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، މި ސަރުކާރުން މިހާރު މި ގެންދަނީ މުޅި ރާއްޖެ އިގްތިސާދީ ގޮތުން ބަނގުރޫޓުކުރަމުން ކަމަށެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން މިކަމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވަނިކޮށެވެ. މަޓީން ބުނެފައިވަނީ ރިސޯޓުތަކުގެ ހިންގުމުގެ ހަރަދުތަކާއި، މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު، ދައުލަތަށް ދައްކަންޖެހޭ އެކި ޓެކްސްތައް ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ހިމެނޭހެން، ބޭރުގެ ލޯނުތައް ދައްކަންޖެހެނީ ޑޮލަރުންކަމަށް ވާތީ، 40 ޕަސެންޓް މާރުކުރުމަކީ ވިޔަފާރިތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.

މީގެއިތުރުން، ބައެއް ފަރާތްތަކުން ޑޮލަރުގެ ކަޅުބާޒާރުގެ މުއާމަލާތްތައް ހިންގާކަމަށް ސަރުކާރުން ތުހުމަތުކުރާއިރު، މުޅި ސިނާއަތަށް އަދަބު ލިބޭ ގޮތަށް ފިޔަވަޅު އެޅުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް މަޓީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: