ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ކޮމިޝަނުން ޓެކްސް ނުނަގަން އެދި ސަރުކާރަށް ޕެޓިޝަނެއް!

ރާއްޖެއައި ފަތުރުވެރިންތަކެއް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތައް ރާއްޖެއިން ބޭރުގައި ވިއްކާ އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ލިބޭ ކޮމިޝަނާއި ސާވިސް އިންކަމުން ޓީޖީއެސްޓީ ނުނެގުމަށް ގޮވާލައި، ބޭރުގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީއަށް އެޑްރެސްކޮށް ސޮއިކުރަމުންދާ މި އޮންލައިން ޕެޓިޝަންގައި ވަނީ، ޓެކްސް ނެގުމުގައި ”ޑެސްޓިނޭޝަން ޕްރިންސިޕަލް“ ތަންފީޒު ކުރާއިރު ހަމަހަމަ އުސޫލުތަކެއް ގެންގުޅުމަށް ގޮވާލާފައެވެ.

މި ޕެޓިޝަނުގައި ބުނެފައިވާގޮތުގައި، ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލަކަށް ރާއްޖެ ހެދުމުގައި ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ބޭރުގެ އެތައް ހާސް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ޓެކްސް ނެގުމަކީ މައްސަލައެއް ނޫންކަން ފާހަގަކޮށް ބުނެފައިވަނީ، ބޭރުގެ ވިޔަފާރިތަކުން އުފައްދާ ވެލިއުއިންނާއި ލިބޭ ކޮމިޝަނުން ޓެކްސް ނެގުމަކީ އިންސާފެއް ނޫން ކަމަށެވެ.

މީގެއިތުރުން، ބިލިއަނުން ވިޔަފާރިކުރާ ބޮޑެތި އޮންލައިން ބުކިން ޕްލެޓްފޯމުތަކާއި ކުދި ބުޓީކް ޓްރެވަލް އެޖެންސީތައް އެއް ހަމައެއްގައި ނުގުނޭނެކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

އެހެންކަމުން ބޭރުގެ އެޖެންޓުންގެ ޓްރެވަލް ޓްރޭޑް ކޮމިޝަނާއި މާޖިންއިން ޓެކްސް ނުނެގުމަށާއި، ރާއްޖޭގެ ލޯކަލް ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރާ ބޭރުގެ އޮޕަރޭޓަރުން އަތުން ޓެކްސް ނުނެގުމަށް ޕެޓިޝަނުގައި ވަނީ އެދިފައެވެ.

މީގެ އިތުރުން ޓެކުހަށް ރަޖިސްޓްރީވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށާއި، މިހާތަނަށް ހަދާފައިވާ ބުކިންތަކުން ޓެކްސް އިސްތިސްނާކުރުމުގެ އިތުރުން މި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުން ނުވާނެހެން ދާއިރާގެ ހިއްސާދާރުންނާ މަޝްވަރާކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖެއިން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި އެޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ޓެކްސް ނަގަން ފަށާނެއެވެ.

މި އިސްލާހާ ގުޅިގެން މަޓާޓޯއިން ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ ންސާފުވެރި އަދި ހަމަހަމަ ޓެކްސް ނިޒާމަކަށް އެ ޖަމިއްޔާއިން ތާއީދުކުރި ނަމަވެސް، އިސްލާހުގެ ސަބަބުން ދިވެހި ޓްރެވަލް އެޖެންޓުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ.

އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ދާއިމީ އޮފީހެއް ނެތް ނަމަވެސް އެތެރެވާ ފަތުރުވެރިކަމުގެ ހިދުމަތްދޭ ބޭރުގެ ފަރާތްތަކުން މީރާގައި ރަޖިސްޓްރީވާން ޖެހެއެވެ. މަޓާޓޯއިން ފާހަގަކުރި ގޮތުގައި މިއީ އަމަލީ ގޮތުން ތަންފީޒުކުރަން އުނދަގޫ އަދި ބޭރުގެ ވިޔަފާރި ބައިވެރިން ޓެކްސް ދައްކާތޯ ބެލުމުގެ ބުރަ ދިވެހި އެޖެންޓުންގެ ބޮލުގައި އެޅިގެންދާނެ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: