ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ހިނގި ނުރައްކާތެރި  އެކްސިޑެންޓެއްގައި 9 އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނި  ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން، މަގުގެ އެއްފަރާތުގައި އޮންނަ ސައިކަލު ދުއްވާ ލޭނުގައި ޓެކްސީއެއް އޮތްއިރު، އެ ކާރުގެ ކުރިމަތީގައި ސައިކަލެއް ވެއްޓިފައިވާ މަންޒަރު ފެނެއެވެ. އަދި  ހާދިސާގައި އަނިޔާވި ކުޑަކުއްޖާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާތަން ފެނެ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: