ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު އެކަކުން އަށަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 1 އިން 8 އަކަށް ހުޅުވާލައިފިއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް އެ ޕާޓީގެ މަތީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވައިދުގެ 21 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން، ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 8 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޕާޓީގެ އިންތިހާބުތައް މި މަތީ މަޖިލީހުގެ ތެރޭގައި ބޭއްވުމަށް ތަވާލުކޮށްފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެހެންކަމުން ޕީއެންސީގެ އަސާސީ ގަވައިދާއި ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ހިންގާ ގަވައިދުގައި ބުނެފައިވާ ހަމަތަކުގެ މަތިން އެ މަގާމުިތަލަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 1 އިން 8 އަށް ހުޅުވާލައިފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

މަތީ މަޖިލީހުގައި އިންތިހާބު ކުރެވޭ މަގާމުތަކާއި އެ މަގާމުތަކަށް އިންތިހާބު ކުރެވޭނެ އަދަދުތައް:

  • ޕާޓީގެ ނައިބު ރައީސް (6)
  • މެމްބަރުންގެ މަޖިލީހުގެ މެމްބަރުން (18)
  • މެމްބަރުންގެ މަޖިލީހުގެ އަންހެން މެމްބަރުން (10)
  • މެމްބަރުންގެ މަޖިލީހުގެ ޒުވާން މެމްބަރުން (7)
  • އަންހެނުންގެ ހަރާކާތުގެ ރައީސް (1)
  • އަންހެނުންގެ ހަރާކާތުގެ ނައިބު ރައީސް (1)
  • އަންހެނުންގެ ހަރާކާތުގެ ސެކްރެޓަރީ (1)
  • އަންހެނުންގެ ހަރާކާތުގެ ހަޒާންދާރު (1)
  • ޒުވާނުންގެ ހަރާކާތުގެ ރައީސް (1)
  • ޒުވާނުންގެ ހަރާކާތުގެ ނައިބު ރައީސް (1)
  • ޒުވާނުންގެ ހަރާކާތުގެ ސެކްރެޓަރީ (1)
  • ޒުވާނުންގެ ހަރާކާތުގެ ހަޒާންދާރު (1)

މި މަގާމުތަކަށް ކުރިމަތިލެވޭނެ ޝަރުތުތައް:

  • ޕާޓީގައި ރަޖިސްޓްރީވެފައިވުން
  • ޖިނާއީ ބޮޑު ކުށެއްގެ ރިކޯޑެއް ނެތުން
  • ޒުވާނުންގެ ދާއިރާތަކަށް ކުރިމަތި ލެވޭ އުމުރަކީ 36 އަހަރުން މަތީ ނޫން ފަރާތްތައް

އެ އިންތިހާބުގައި އެޕްލިކޭޝަން ހުށައެޅުމަށް ޕޯޓަލްއެއް ވަނީ ގާއިމްކޮށްފައެވެ. އަދި ޕޯޓަލްގައި ގާއިމްކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށައަޅަންޖެހޭ ލިޔެކިޔުންތައްވެސް ފުރިހަމަ ކުރަން ޖެހޭނެއެވެ. މީގެ އިތުރުން ކޮންމެ މެމްބަރަަކަށްވެސް ކުރިމަތިލެވޭނީ އެންމެ މަގާމަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: