ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 72 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 468 އަށް އަރައިފި

މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ދަނީ ފެތުރެމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް މާލެއިން އިތުރު 72 މީހިން ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަސް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 468 އަށް އަރައިފިއެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި 72 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީޙުންނެވެ. އަދި އެންމެން ވެސް ގުޅިފައިވަނީ އެއް ކްލަސްޓާއަކާއި ކަމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވަނީ ބުނެފައެވެ. އަދި ި ޕޮޒިޓިވްވި 72 މީހުންނަކީ ފުލުހުންގެ ބެލުމުގެ ދަށުގައި އައިސޮލޭޝަންގައި ތިބި މީހުންނެވެ. 

އެޗްޕީއޭ އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 468 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 451 މީހުންނަށެވެ. އަދި މިހާތަނަށް 17 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެކަު ވަނީ ކޮރޯނާ ވައިރަސް ޖެހިގެން ނިޔާވެފައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. 

https://twitter.com/HPA_MV/status/1255982195401019399

މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ދަނީ ފެތުރެމުން

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެިއން ޕޮޒިޓިވްވި 468 މީހުންގެ ތެރެއިން 252 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. މީގެއިތުރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ 145 ދިވެހިންނާއި، އިންޑިއާއަށް ނިސްބަތްވާ 49 މީހުންނާއި، އިޓަލީއަށް ނިސްބަތްވާ 11 މީހުންނާއި، ޕާކިސްތާނަށް ނިސްބަތްވާ ތިން މީހުންނާއި، ނޭޕާލްއަށް ނިސްބަތްވާ ދެ މީހުންނާއި، އަދި ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުންގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހުންނެވެ. 

ކޮރޯނާ ވައިރަހަށް މާލެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝް މީހުން

މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މޭ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް މާލޭގެ މަގުތަކަސް މީހުން ނިކުމެ އުޅުމާއި މާލެއިން މީހުން އެހެން ރަށްރަށް ދަތުރު ކުރުމާއި އަދި އެހެން ރަށްރަށުް މީހުން މާލެއައުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މޭ މަހުގެ30 ވަނަ ދުވަހާއި ހަމައަށް ދެންމުމަސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވަނީ ނިންމަވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: