ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ: އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، މާލެ ސިޓީ ކައުންސިލަށާއި މާލޭގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުންދިޔަ އާމްދަނީ ސީދާ ކައުންސިލަށް ނުލިބޭގޮތް ހެދުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއްް ކަމަށެވެ.

ވެހިކަލް ފީގެ ގޮތުގައި ލިބޭ ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމަށާއި، ޑިޒާސްޓަރ ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ފައިސާ ކަމަށާއި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ އިޖުތިމާއީ އެތައް މުހިންމު ހިދުމަތްތަކަކަށް ވެސް ބޭނުންކުރަމުން އައި ފައިސާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، އެ ފައިސާ ކައުންސިލުން އުނިކުރުމަކީ ރައްޔިތުންނަށް ދެމުންދާ މިފަދަ ޒަރޫރީ ހިދުމަތްތައް ހުއްޓުމަކަށް އައިސް، މުޅި މާލޭގެ އާންމު މަސްލަހަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި، ލާމަރުކަޒީ ނިޒާމުގެ ހަގީގީ ރޫހާ އެއްގޮތަށް، ޓްރާންސްޕޯޓް ގާނޫނަށާއި ބިން އަތުލެވޭ ގާނޫނަށް ގެނެވުނު ބަދަލުތައް މުރާޖައާކޮށްދެއްވުމަށާއި، ކައުންސިލަށް ލިބެންޖެހޭ މާލީ ބާރުވެރިކަން އަނބުރާ ހޯއްދަވައިދެއްވުމަށް މޭޔަރު އާޒިމް ވަނީ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނާ ގުޅިގެން، މާލޭގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ 2029 ގެ ނިޔަލަށް ވަނީ ސިޓީ ކައުންސިލްގެ އަތުން ވަކިކޮށްފައެވެ.

އަލަށް އުފައްދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް އާ އެ މަސައްކަތްތައް ހަވާލުކުރާއިރު، މީގެ ކުރިން ކައުންސިލަށް ލިބެމުން އައި އަހަރަކު 125 މިލިއަން ރުފިޔާގެ ވެހިކަލް ފީ ދެން ޖަމާވާނީ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓާ ފަންޑަކަށެވެ. މީގެ އިތުރުން މަގުތައް މަރާމާތުކުރުމަށް ލިބޭ 13 މިލިއަން ރުފިޔާ ވެސް ކައުންސިލަށް ދެން ނުލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: