ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންގެ އަދަދު އިތުރުކޮށްފި

ޕެންޝަން އޮފީހުން ބޭއްވި ފޯރަމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން އޮފީހުގެ ގަވަނަންސް ކޯޑު އިސްލާހުކޮށް ބޯޑު މެމްބަރުންގެ އަދަދަށް ބަދަލު ގެނެސްފިއެވެ.

އިއްޔެ ގެޒެޓުކުރި ގަވަނަންސް ކޯޑުގައި ވަނީ، އެ އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އަށަކުން ނުވައަކަށް އިތުރުކޮށްފައެވެ.

އަލަށް ގެނައި ބަދަލާއެކު ބޯޑުގައި ދެން ހިމެނޭނީ:

  • ޗެއާޕާސަން
  • ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ 5 މެންބަރުން
  • ވަޒީފާއާ ބެހޭ ވުޒާރާގެ ސީނިއާ ސިވިލް ސާވިސް މުވައްޒަފެއް
  • ޕަބްލިކް ފައިނޭންސްގެ ކަންކަން ބަލަހައްޓާ ވުޒާރާގެ ސީނިއާ ސިވިލް ސާވިސް މުވައްޒަފެއް
  • ސޯޝަލް ސެކިއުރިޓީގެ ކަންކަން ކުރާ ވުޒާރާގެ ސީނިއާ ސިވިލް ސާވިސް މުވައްޒަފެއް

މީގެ އިތުރުން، އޮފީހުގެ ދުވަހުން ދުވަހަށް ކުރާ ހިންގުމުގެ މަސައްކަތްތަކާއި ސިޔާސަތުތައް ތަންފީޒުކުރުން ދެން ކުރިއަށްދާނީ ސީއީއޯގެ އިރުޝާދާއި ބެލުމުގެ ދަށުން މެނޭޖުމަންޓުން ކަމަށް އެ ގަވަނަންސް ކޯޑުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރަން ބޯޑުން ނިންމި ނިންމުމާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި އެއީ ފައިސާ ޗާޕުކުރުމާ އެއް ނަތީޖާއެއް ނުކުންނަ ގޮތަށް އިގްތިސާދުގެ ތެރޭގައި އިތުރު ދިވެހި ރުފިޔާ ދައުރުވާ ގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

އެއީ އިގުތިސާދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ބުނެ، މިދިޔަ ފެބްރުއަރީ މަހު ބޯޑުގެ އިސް ބޭފުޅުންތަކެއް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ތެރޭގައި ޗެއާޕާސަން ޑރ. އަހްމަދު އިނާޒް، ސީއީއޯ ސުޖާތާ ހަލީމް، ސީއެފްއޯ ހައްވާ ފަޖުވާ އަދި ބޯޑު މެންބަރު ސަރުވަޝް އާދަމް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: