ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފްތާގައި ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގެ މިހާރު ތަރައްގީ ކުރަމުންދާ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި އެމްޓީސީސީން ބުނެފައިވަނީ އަމީނީ މަގުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، ނިމިދިޔަ ހަފުތާގައި ސެގްމަންޓް 1 ގައި އޭބީސީ (ABC) ފަށަލަ އެޅުމާއި އެމްސީ-30 (MC-30) ޕްރައިމް ކޯޓް ޖެހުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި ކަމަށެވެ.

މި ތައްޔާރީތައް ނިމުމާ ގުޅިގެން، މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގައެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި އެ ވެރިކަން ނިމުނުއިރު ފުރިހަމަނުވެ އޮތް ސަރަހައްދުގެ އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރުއެވެ.

އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ.

ތާރު އަޅައިގެން އަމީނީމަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. އަދި އެ މަގުގެ މަސައްކަތް އޭރު ކޮށްފައިވަނީ ނުއަގުގައި އަދި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ކުރިން ވެސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: