ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގައި ބެރިކޭޑް ފަޅާލިކަމުގެ ތުހުމަތުގައި ހަފްތާއެއް ފަހުން އެމްޑީޕީގެ އެކްޓިވިސްޓެއް ހައްޔަރުކޮށްފި

މުހައްމަދު ޝާމިން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމެއްގެ މައްސަލައިގައި، އެ ޕާޓީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީގެ މަސައްކަތް ކުރަނިކޮށެވެ. އަދި ހައްޔަރުކުރުމަށްފަހު އޭނާ ފުރަތަމަ ގެންގޮސްފައި ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ.

ޝާމިން ހައްޔަރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގައި ވާގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ބެރިކޭޑްތައް ހުރަސްކޮށް އެތެރެއަށް ވަދެފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.

މީގެ އިތުރުން މުދަލަށް ގެއްލުން ދިނުމާއި، ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ ވާޖިބަށް ހުރަސްއެޅުމުގެ އިތުރުން ގާނޫނު ހިންގުމަށް ހުރަސްއެޅިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ކޯޓު އަމުރުގައި ވާގޮތުން ޝާމިން ބަންދުކުރަން އެދުނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓްތަކާއި، ފުލުހުންގެ ބަޔާންތަކުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓެއްވެސް ކޯޓަށް ހުށަހަޅާފައެވެ.

މިދިޔަ މަހުގެ 28 ގައި ކުރިއަށްދިޔަ މި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ޔޫތް ވިންގް ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، މިދިޔަ އާދީއްތަ ދުވަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: