ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މީހެއްގެ މަސްލަހަތު އިސް ނުކުރާނަން؛ މުހިންމީ ގައުމުގެ ރައްކަތެރިކަމާއި، ހަމަޖެހުމާއި ތަރައްގީ: ރައީސް

ޕީއެންސީގެ ރައީސް އަަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ މަސައްކަތުގައި ވަކި މީހެއްގެ މަސްލަހަތު ކުރިއަށް ނެރެ މަސައްކަތް ނުކުރައްވާނެ ކަމަށާއި، އަބަދުވެސް އިސްކުރާނީ ގައުމުގެ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަތީ މަޖިލީހަށް ހާޒިރުވެ ތިބީ ޕާޓީގެ ކުރިމަގު އެންމެ ފުރިހަމައަށް ބައްޓަންކުރުމަށާއި، ގައުމުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރާ ކަންކަމުގައި ޕާޓީގެ ދައުރު ފުޅާކޮށް ހުރިހާ ގުނަވަންތަކެއް އެކުގައި މަސައްކަތް ކުރުމުގެ ރޫހުގައި ކަމަށެވެ. އަދި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ، ”އެންމެ ފުރަތަމަ ގައުމު“ މިއީ ޕާޓީގެ ޝިޔާރުކަން ހަނދާންކޮށް، ރާއްޖޭގެ ސިޔާސީ މައިދާން އިތުރަށް ރަނގަޅު ކުރުމަށް ޕާޓީން މިސާލު ދައްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޕާޓީގެ މެންބަޝިޕް އިތުރުވަމުން އަންނަ މިންވަރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ،

 ”އަޅުގަނޑުމެންގެ ޕާޓީއަކީ ﷲގެ ރަހުމަތްފުޅާއިއެކު މިހާރު ވަރަށް ބޮޑު ޕާޓީއެއް. އަޅުގަނޑު ހަނދާންވޭ، 2023ގެ ނޮވެމްބަރު 17ގައި ޕާޓީގެ މެމްބަރޝިޕް އޮތީ 3000 މެމްބަރުންނާއި ހިސާބުގައި، މިއަދު ގާތްގަނޑަކަށް މިއޮތީ 80،000 މެމްބަރުންނާއި ހަމައަށް އާދެވިފައި. އެއީ ތިބޭފުޅުންގެ މަސައްކަތްޕުޅު،“

އަދި ޕާޓީ މި ހިސާބަށް ގެނައުމުގައި މެންބަރުން ވަރަށް ބުރަ މަސައްކަތްތަކަކާއި ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕާޓީގެ ސިޔާސަތުތައް ގުޅިލާމެހިފައިވަނީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަމާ ކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ކިޔައިދިނުމުގައާއި ސިޔާސަތު ހާމަކުރުމުގައިވެސް އެންމެ ބޮޑު ފަލްސަފާއަކީ އެ ތިން ކަންތައް ކަމަށާއި، ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމާއި، ދީނާއި އަދި ސަގާފަތް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެއްވެސް އިމެއް ނެތް ގޮތަށް ޒިންމާދާރުކަން ކުޑަކޮށް އެހެން ފަރާތްތަކުން ކަންކަން ކުރާތަން ފެނުނު ކަމުގައި ވިޔަސް، އެފަދަ ކަންކަން ޕީއެންސީގެ ތެރެއިން ނުފެންނާނެ ކަމަށާއި އެފަދަ އެއްވެސް ފުރުސަތެއް އެ ޕާޓީން ނުދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: