ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ބޭނުންކުރެވޭނެ ގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން މިއަދު ނެރެފައިވާ ޔުނިކޯޑް ސްޓޭންޑާޑްގެ ވާޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައި، އެ ނިޝާން ޑިޖިޓަލް މަންސަތަކުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހަދައިފިއެވެ.

އެގޮތުން، ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. އެމްއެމްއޭއިން 2022 ވަނަ އަހަރު ތައާރަފުކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން އެ ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ބުނެފައެވެ.

ރުފިޔާގެ ނިޝާން އެގޮތަށް ބޭނުންކުރެވެން ފެށޭނީ ދެން އަންނަ އަޕްޑޭޓްތަކާއެކު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް އެމްއެމްއޭއަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: