ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޑްކޯޓުގެ ޔުނިޓުތައް ހުސްކުރަން ވިޔަފާރިތަކަށް 90 ދުވަހުގެ ނޯޓިސްއެއް

ފުޑް ކޯޓު ސަރަހައްދުގެ ކެފޭތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ހާބަރު ފުޑްކޯޓުގެ ޔުނިޓްތައް ހުސްކުރުމަށް އެތަނުގައި ހިންގާ ކެފޭ އަދި ރެސްޓޯރެންޓުތަކަށް އެސްޓީއޯއިން 90 ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.

މާލޭ ހުޅަނގުދެކުނު ހާބަރު ފުޑްކޯޓުގެ ޔުނިޓުތައް ހިންގާ ފަރާތްތަކަށް، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި އެ ތަންތަން ހުސްކޮށް އެސްޓީއޯއާ ހަވާލުކުރަން އަންގާފައިވަނީ، އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތަށެވެ.

އެސްޓީއޯއިން ފޮނުވި ލިޔުމުގައިވާ ގޮތުން އެ އެންގުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން އަންގާފައިވާ އެންގުމެކެވެ. ޔުނިޓުތައް ހުސްކޮށް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން އުވިގެންދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ނުދައްކާ ހުރި ކުއްޔާއި މެއިންޓަނަންސް ފީއެއް އޮތްނަމަ، އެ ފައިސާގެ ތަފްސީލާއި ފައިސާ ދައްކާނެ ތާވަލެއް ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ހާބަރު ސަރަހައްދުގައި ފުޑްކޯޓު ތަރައްގީކޮށް ޚިދުމަތް ދޭން ފެށީ މޭ 2018 ގައެވެ. އަދި ރަސްމީކޮށް އިފްތިތާހުކުރީ 23 ޖުލައި 2018 ގައެވެ. 2016 ގައި އެސްޓީއޯއާ ހަވާލުކުރި އެ މަޝްރޫއަށް މުޅިއެކު 32 މިލިއަން ރުފިޔާ ހޭދަވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: