ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވައި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައްޔިތުންގެ އަޑު ސިލްސިލާގެ ޕްރަގްރާމެއްގައި ބައިވެރިވި އަޑުއިވުމުން މަޙްރޫމްވެފައިވާ ދެމަފިރީން
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖްތަމައުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާ ފަހި މާހައުލެއް ގާއިމުކޮށްދެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައްޔިތުންގެ އަޑު ހަވަނަ އެޕިސޯޑުގައި ބައިވެރިވި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރީން ވަނީ މުޖްތަމައުގައި އެ މީހުންނަށް ހުރި ދަތިތައް ރައީސްއަށް ކިޔައިދީފައެވެ. އެގޮތުން، އެ ދެމަފިރީން ވަނީ އެ މީހުންގެ 80 އަހަރުވެފައިވާ ބައްޕަ، ފަރުވާއަށް ގެންދަން ޖެހޭ ހާލަތުގައި އުޅެން ޖެހޭ ދަތި ހާލުގެ ވާހަކަ އާއި ވަޒީފާގެ މާހައުލުގައި ހުރި ދަތިތަކާއި ވަޒީފާގެ ކުރިއެރުން ނުލިބުމާއި އަދި ދަރީންގެ ކަންކަމުގައި ސުކޫލަށް ގޮސް މީޓިންތަކުގައި ޓީޗަރުން ދައްކާ ވާހަކަތައް ކިޔައިދޭނެ ފަރާތެއް ނުހުންނާތީ ދިމާވާ އުނދަގޫތައްވެސް ހިއްސާކޮށްފައެވެ. އަދި ފްލެޓް ދޭއިރު އެންމެ ތިރީގެ ފްލޯތައް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަކުރުމަށް ވެސް ރައީސްގެ އަރިހުން އެދިފައިވެއެވެ.

ރައީސް ވަނީ އެ ހުރިހާ ކަމެއް ވެސް ބައްލަވާ ހައްލުކޮށްދެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

”ތިޔަ ފާހަގަކުރެއްވި ކަންކަމަކީ ވަރަށް މުހިންމު ކަންތައްތަކެއް. ކުރިއަށް އޮތް ތަނުގައި މިހާރު އަޅަން ފަށާފައިމިވާ ފްލެޓުތައް ނިމިގެން ދޭއިރު ބަލާނަން ތިކަންކަމަށް ވީއެންމެ ރަނގަޅަކަށް އެޑްރެސްކުރަން“ ރައީސް

ކުރިއަށް ދޫކުރަން ނިންމާފައިވާ ފްލެޓްތައް ދޫކުރާއިރު އެންމެ ތިރީގެ އެޕާޓްމަންޓްތައް އެފަދަ އާއިލާތަކަށް ދިނުމާއި ސުކޫލާއި އެހެނިހެން މުއައްސަސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިރުތުން މުޅި ކޮމިނިއުޓީގެ ތެރޭގައިވެސް ނުކެޅުދުން ހުންނަ ފަރާތްތަކަށް މުޖްތަމައުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާ ފަހި މާހައުލެއް ގާއިމުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: