ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ނެރު ބައްތިތަކުން ގްރެފިޓީ ފިލުވައި، އާކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ނެރު ބައްތިތަކުގައިވާ ގްރެފިޓީތައް ފިލުވައި، ކުލަލައި އާކުރަނީ/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އުތުރު ފަރާތުގެ ނެރު ބައްތިތަކުގެ ކުލަ ފަނޑުވެ، އެ ބައްތިތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފިލުވައި އަލުން ކުލަލައި އާކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ހާބަރ އެންޑް މާކެޓް މެނޭޖްމަންޓް ސެކްޝަނުން ދޭތެރެ ދޭތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން ޖުމްލަ 9 ނެރު ބައްތިއެއް ކުލަ ލައި އާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލެ އަދި ވިލިމާލޭގެ މަލަމަތި ރީތިކޮށް ބެހެއްޓުމަށް ކުރެވެމުންދާ އެ މަސައްކަތަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މުހިންމު ކަމެއް ކަމަށެވެ.

ވެރިރަށް މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެކި ފަރާތްތަކަށް މާލެއަކީ ހިތްގައިމު އަދި ރީތި ތަނެއްގެ ގޮތުގައި ފެންނާނެހެން ހެދުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މާލޭގެ ފަޅުތެރެ ސާފުކުރުމާއި، މާލެ ވަށައިގެންވާ ބޭރު ތޮށިގަނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.

މާލޭގެ ނެރު ބައްތިތަކަކީ ބަނދަރުތަކަށް ވަދެނިކުމެ ހަދާ އުޅަނދުފަހަރަށް ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަށާއި، ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައާއި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ލޮލަށް ފެންނަ މިންވަރު ދަށްވާ ހާލަތްތަކުގައި ނެރުތައް ސާފުކޮށް ވަކިކުރަން އެނގޭނެހެން ހަރުކޮށްފައިވާ މުހިންމު ނިޝާންތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: