ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ކޮންގްރެސްގައި މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން އިގުރާރުވެވަޑައިގެންފި

މިއަދު ޕީއެންސީގެ މަގާމުތަކަށް އިންތިހާބުވި އަދި އައްޔަންކުރި މެމްބަރުން އިގުރާރުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަގާމުތަކަށް އިންތިހާބުވެވަޑައިގެން ބޭފުޅުންނާއި ޕާޓީގެ ލީޑާޝިޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ބޭފުޅުން މިއަދު މަގާމުތަކަށް އިގުރާރުވެވަޑައިގެންވިއެވެ.

ޕީއެންސީގެ ކޮންގްރެސްގައި ލީޑާޝިޕްއަށް ކޮންގްރެސްގައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއި ޕާޓީގެ އެތެރޭގެ އެހެނިހެން މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއި އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ އެކި މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަށް އިގުރާރު ލައިދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންއެވެ. އަދި އިގްރާރު ޝަރަފުވެރިކޮށްދެއްވީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޕާޓީގެ ނައިބު ރައީސްކަމަށް އިންތިހާބުކުރެއްވި ހަ ބޭފުޅުން:

  • ޔޫތް، ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު
  • ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
  • ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ
  • ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
  • އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
  • ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު)

މިނިސްޓަރުންނާއި މިނިސްޓަރުން ފެންވަރުގެ މަގާމުތަކުން ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުން:

  • ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
  • މިނިސްޓަރު އަބްދުﷲ ނާސިރު
  • މިނިސްޓަރު މުހައްމަދު އަމީން
  • މިނިސްޓަރު ގީލާ އަލީ
  • މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
  • މިނިސްޓަރު މުހައްމަދު ތޮލާލް
  • ސަފީރު އާދަމް ޝަރީފް

އެމްޑީން އަދި ސީއީއޯއިންގެ ތެރެއިން ލީޑާޝިޕަށް އައްޔަންކުރެއްވި ތިން ބޭފުޅުން:

  • ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީލް
  • އެމްޑީ ބްރިގޭޑިއަރ ޖެެނެރަލް ރިޓަޔާޑް އަލީ ޒުހައިރު
  • އެމްޑީ ހަމްދާން ޝަކީލް

މަތީ މަޖިލީހުގައި އަންހެން މެމްބަރުންގެ ގޮތުގައި އިންތިހާބުވެވެވަޑައިގެންނެވި ބޭފުޅުން:

  1. މަރިޔަމް ޝިއުނާ
  2. ޝެރީނާ އަބްދުއްސަމަދު
  3. ފާތިމަތު މިޒްނާ އަލީ
  4. މަރިޔަމް ސާމިޔާ
  5. އައިޝަތު މުހައްމަދު
  6. އާސިޔަތު ރީސާ މުހައްމަދު
  7. ފާތިމަތު މުހައްމަދު
  8. ފާތިމަތު ރުހްސާނާ
  9. އައިމިނަތު ޝުހުދާ

ޒުވާން މެމްބަރުންގެ ގޮތުގައި މަތީ މަޖިލީހަށް އިންތިހާބުވެެވަޑައިގެންނެވި ބޭފުޅުން:

  1. ސިމާން ހާދީ
  2. އިބްރާހިމް އަދްޔަން ނިމާލް
  3. މަލްޝާ ޝަރީފް
  4. މުހައްމަދު އަސީލް
  5. ލުޖައިނުﷲ ޒުހައިރު
  6. އިސްމާއިލް ރިފާއު
  7. ހައްމާދު ރަޝީދު

އޭގެ އިތުރުން، މަތީ މަޖިލީހުގައި މެމްބަރުންގެ މަޖިލީހުގެ އާންމު މެމްބަރުންގެ މަގާމަށް އިންތިހާބުވެވަޑައިގަތް ބޭފުޅުން:

  1. އަހުމަދު ހަމްދުﷲ ރަޝީދު
  2. ހުސެއިން ޔާމީން މުހައްމަދު
  3. މުހައްމަދު އަބްދުﷲ
  4. މުހައްމަދު އާސިފް
  5. އަބްދުﷲ މުފީދު
  6. އަމާނީ މުހައްމަދު
  7. އިބްރާހިމް ރައްޒާން
  8. އަހުމަދު ސިއްދީގު
  9. ޝުއާއުﷲ ސައީދު
  10. ހަސަން މާއިލް އަލީ
  11. ހަސަން ފައިހަތު ގުދުރަތުﷲ
  12. މުހައްމަދު ކިނާން
  13. މުހައްމަދު ނަޝާތު ރަޝީދު
  14. މުހައްމަދު އަރީޝް
  15. މުހައްމަދު މަބްރޫކް
  16. އިސްމާއިލް ސުހައިލް
  17. އަހުމަދު ޝިމާއު
  18. މުހައްމަދު ވަހީދު

އޭގެ އިތުރުން އަންހެނުންގެ ހަރަކާތުގެ ރައީސް ހީނާ ވަލީދު ހިމެނޭހެން އަންހެނުންގެ ހަރަކާތުގެ ބޭފުޅުންނާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އިބްރާހިމް އަބާން އަދި ޒުވާނުންގެ ހަރަކާތުގެ މަގާމުތަކަށް އިންތިހާބުވެވަޑައިގެން ބޭފުޅުން ވެސް ވަނީ އިގުރާރުވެވަޑައިގެންފައެވެ.

އޭގެ އިތުރުން ލީޑާޝިޕްގެ ތެރޭގައި ވެސް ހިމެނޭ ޕާޓީގެ އިދާރީ މަގާމުތަކުގެ ބޭފުޅުނާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކުގެ ބޭފުޅުން ވެސް ވަނީ އިގުރާރުވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: