ކޮރޯނާ ވައިރަހަށް އިތުރު 86 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައިވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ގޮތުން އެ އޭޖެންސީން ބުނީ، ކޮރޯނާ ވައިރަހަށް 86 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެތެރޭގައި ދިވެހި 14 މީހަކުވެސް ހިމެނޭކަމަށެވެ.
މީގެ އިތުރުން މިއަދު ޕޮޒިޓިވްވެފައިވަނީ، ބަންގްލަދޭޝްގެ 67 މީހުންނާއި، އިންޑިއާގެ 03 މީހަކާއި، ނޭޕާލުގެ މީހެއްގެ އިތުރުން، ލަންކާ މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
މި 86 މީހުންނާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ، 734 އަށް އިތުރުވެފައެވެ.

