ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ކަމަށާއި، މި ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޕޮސިޓް ފައިސާ ބޭނުންކުރި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.

މި ދެއްކި 50 މިލިއަން ޑޮލަރަކީ 2019 ވަނަ އަހަރު ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. މި ފައިސާ ދެއްކުމާއެކު، އެ ފެސިލިޓީގެ ދަށުން ނަގާފައިވާ ދަރަނި މިހާރު ވަނީ އެއްކޮށް ޚަލާސްކުރެވިފައެވެ.

މި ފެސިލިޓީގެ ދަށުން މީގެ ކުރިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އަދި މެއި މަހު ވެސް ވަނީ 50 މިލިއަން ޑޮލަރުގެ ދެ ޕޭމަންޓް ދައްކައި ޚަލާސްކޮށްފައެވެ.

މި ދަރަނި ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި އަދި ބޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އެންމެހައި އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: