ލ. ގަމުގައި ކުރިއަށް ގެންދިޔަ ”ރޭސިން ޗެމްޕިއަންޝިޕް – ލާމު އެޑިޝަން“ ގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓާލައި މޫދަށް ވެއްޓި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ލ. ގަމުގައި ރޭސިން މުބާރާތެއްގެ ތެރެއިން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓާލައި މޫދަށް ވެއްޓުނުކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:00 ހާއިރުއެވެ.
އެ ހާދިސާގައި އަނިޔާވި ޒުވާނާއަށް ފަރުވާދެމުންދަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން އޭނާގެ ބޮލަށް ވަނީ އަނިތާތަކެއް ލިބިފައެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

