ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ހިލޭ ގުޅޭ ހެލްޕްލައިން ”1456“ ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އިޖުތިމާއީ ގޮތުން ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ޚާއްސަ ހިލޭ ގުޅޭ ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ.

”1456“ގެ ނަމުގައި ތައާރަފުކުރި އެ ހޮޓްލައިނަކީ ކޮންމެ ޒުވާނަކަށް ވެސް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކައުންސިލިން އާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިކަމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު އިރުޝާދުތައް ފޯރުކޮށްދިނުމަށް ގާއިމުކުރި ޚިދުމަތެކެވެ. އެ ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި މުޅި އާއިލާއަށް ބޭނުންވާ ކައުންސިލިންގެ ޚިދުމަތްތަކާއި، ކުއްލި ނަފްސާނީ އެހީތެރިކަމުގެ އިތުރުން ސިއްހީ ސްކްރީނިންގ ފަދަ މުހިންމު ޚިދުމަތްތައް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ޒުވާނުންގެ ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި އިތުރު އެހީތެރިކަން ވެސް އެ ޚިދުމަތުގެ ތެރެއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އާ ދެމެދު އެ ހޮޓްލައިން ނަންބަރަށް ގުޅައިގެން ޚިދުމަތްތައް ހޯދޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ޒުވާނުންނަށް ޚާއްސަކޮށް މިފަދަ ހެލްޕްލައިނެއް ތައާރަފުކުރިއިރު، ގައުމީ ފެންވަރުގައި 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން ”1677“ މެދުވެރިކޮށް ވެސް އާންމުންނަށް ނަފްސާނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޔޫތު ހަބުގައި ގާއިމުކޮށްފައިވާ ”ހެޕިނެސް ލައުންޖު“ މެދުވެރިކޮށް ވެސް ކައުންސިލިންގެ ޚިދުމަތްތައް ހިލޭ ލިބެން ހުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: