ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޑްރަގް އޮޕަރޭޝަނުގައި މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީއަށް

ކ. މާފުށިން ހައްޔަރުކުރި ފަސް މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގައި ފުލުހުންގެ ދައުރަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ނިންމައި، އެކަމުގައި ބައިވެރިވި ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިއީ މިދިޔަ މަހުގެ 11 ވަނަ ދުވަހު މާފުށީގައި ޑްރަގް އޮޕަރޭޝަނެއް ހިންގައި، ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި ހާދިސާއެކެވެ. ފުލުހުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނަށް ހުރަސްއަޅައި، މާރާމާރީ ހިންގި ތުހުމަތުގައި އެ ރަށުން 6 މީހަކު ހައްޔަރުކުރިއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ 10 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި 6 މީހުންނަކީ:

– އަހުމަދު އަހުނަފް އަސްފާގު
– މުހައްމަދު ޝާބިން ޝުޖާއު
– އަބްދުﷲ ނިހާދު
– ހަސަން ނަބީލް
– އިބްރާހީމް ސުނީޒް
– މުހައްމަދު ޝައިހާން

ހައްޔަރުކުރި މީހުންގެ ތެރެއިން ޝާބިން ޝުޖާއުގެ ބަންދާމެދު ގޮތެއް ނިންމަން މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެ ނިންމުން ފުލުހުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 29 ގައި ހައްޔަރުކުރި ނަބީލްގެ ބަންދު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން އޭނާވެސް ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގައި ބަންދުގައި ތިބި އެހެން މީހުންގެ ތެރެއިން، މިދިޔަ މަހުގެ 14 ގައި ހައްޔަރުކުރި ނިހާދުގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 4 އަށް ހަމަވާއިރު، މިދިޔަ މަހުގެ 15 ގައި ހައްޔަރުކުރި ސުނީޒްގެ ބަންދުގެ މުއްދަތު ހަމަވާނީ ބުދަ ދުވަހަށެވެ. އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރި އަހުނަފްގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 11 އަށް ހަމަވާއިރު، މިދިޔަ މަހުގެ 28 ގައި ހައްޔަރުކުރި މުހައްމަދު ޝައިހާންގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: