ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބެންޖެހޭ ޓެކްސްއާއި، ފައިސާ ނުދައްކާ ލިސްޓުގައި ބައްސާމް!

ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ވާ ފަރާތްތަކުގެ ލިސްޓުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމަނައިފި އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެވި، މިހާރު ވެސް ދައުވާތައް ކޯޓުގައި ހިނގަމުންދާ ބައްސާމަށް ބައެއް ދައުވާތައް ސާބިތުވެ ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު އޭނާ ވަނީ މުއްދަތެއް ނެތް ގޮތަށް ގޭބަންދަށް ބަދަލުކޮށްފަ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމު ކުރި ޓެކްސް ނުދައްކަ ލިސްޓުގައި، ޖުމްލަ 33 ފަރާތެއްގެ ނަން ހިމަނާފައި ވެއެވެ. ލިސްޓު އާންމު ކުރި ނަމަވެސް ޓެކްސްއާއި، އެހެނިހެން ފައިސާގެ ގޮތުގައި ނުދައްކައި ވަނީ ކިހާ އަދަދެއްކަން އާންމުކޮށްފައި ނުވެ އެވެ،

ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ގާތްގަނޑަކަށް 45 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅައި، 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މީގެއިތުރުން، ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ ފީފާއިން އެފްއޭއެމަށް ދިން ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުވެ، ފީފާގެ އެތިކްސް ކޮމިޓީން ވަނީ އޭނާ އެއް މިލިއަން ސްވިސް ފްރެންކްސް ނުވަތަ ދިވެހި ފައިސާއިން ބަލާއިރު 18.9 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފަ އެވެ.

މީރާއިން ހާމަކުރި ގޮތުގައި، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ފަރާތްތަކަށް ކުރިން އެންގުމަށް ފަހުގަ އެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: