ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ އިން މަސް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި

މަސްވެރިން މަސް ބޭނުން / ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިއީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ.

މީގެކުރިން މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުވާނެހެން ހިފެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މަސް ގަންނަ އަގަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި މަސްދަޅު ބަންދުކުރާ ކާރުހާނާ ގާއިމުކުރުމަށް ބޭނުންވާ ބިމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: