ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ ދާއިރާއިން މި ފެންނަ ހެޔޮ ދުވަސްތައް ދަމަހައްޓަން ޖެހޭ: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ ހެޔޮ ދުވަސްތަކެއްކަމަށާއި، މި ދުވަސްތައް ދަމަހައްޓަން މަސައްކަތްކުރަންޖެހޭކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ތާރީޚުގައި ގެނައި އެންމެ މުހިންމު ބަދަލަކީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ބައިވެރިންނަށް ފުރުޞަތު ދިނުން ކަމަށެވެ. ކުރިން މުބާރާތުގައި ބައިވެރިކުރަނީ، މުބާރާތުގައި ވާދަކުރާ ސްކޫލްތަކުން، މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު އޮންނަ އުމުރުފުރާތަކުން، ކޮންމެ އުމުރުފުރާއަކުން ހޮވާ 5 ވަރަކަށް ދަރިވަރުންނެވެ. އެ ބަދަލުގެ ސަބަބުން، ކުރިން 800އެއްހާ ދަރިވަރުން ބައިވެރިވާ އެ މުބާރާތުގައި މިހާރު 3000އަށް ވުރެ ގިނަ ބައިވެރިން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރަށްރަށުގައި ވަަރަށް ރޭވިގެން ޤުރުއާން މުބާރާތްތައް ހިންގާ ކަމަށެވެ. އަދި ސްކޫލްތަކުގައިވެސް ޤުރުއާން މުބާރާތްތައް ހިންގުމުގެ އިންތިޒާމްތައް ވަރަށް ރަނގަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތަކީ ހަމައެކަނި ސްކޫލްތަކަށް ބައިވެރިވެވޭ ވަރަށް ވުރެ ފުޅާ މުބާރާތަކަށް ވާންޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުބާރާތުގެ ވަނަތަކަށް ކަނޑައަޅާފައިވާ އިނާމުތައް ބޮޑުކުރުމަކީ، ޤުރުއާން މުބާރާތުގެ ޝައުގުވެރިކަން އިތުރުވާކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި ފަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް އިންތިޒާމްތައް ރަނގަޅު މުބާރާތެއްކަމަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، ޤައުމީ މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި މި މުބާރާތުގައި ލިބޭ އިނާމްތައް ބޮޑުކޮށްފައިވާއިރު 3 ބައިންވެސް 1 ވަނައަށް ދާ ދަރިވަރަކަށް ރައީސްގެ ޚާއްސަ ސްކޮލަރޝިޕެއް ލިބޭގޮތަށް ހަމަޖައްސަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: