ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން ހުޅުވާލުމަށް ސާޖްއާއި ދެކޮޅަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަމެއް! 

ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން: ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވާއިރު، އެއްވެސް ޕްލޭނެއް ނެތި ފަތުރުވެރިކަމުގެ ދާއިރާ ހުޅުވާލުމާއި ގުޅޭގޮތުން މަޝްވަރާގެ ކަރުދާސްތަކެއް ރައީސް އޮފީހަށް އިކޮނޮމިކް ކައުންސިލް ހުށަހަޅާފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކަކީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ދެ ތިން ދުވަހުގެ ތެރޭގައި ބަލީގެ ބޮޑު ސާޖެއް އަންނާނެ ކަމަށް ލަފާ ކުރެވޭއިރު ސަރުކާރު އޮތީ އެކަމަށް ތައްޔާރުވެފައި ކަމުގައި އަލީ ވަހީދު ވިދާޅުވިއެވެ.

އަންދާޒާތަކުން ދައްކާގޮތުން ރާއްޖެ މިވަގުތު ކުރިމަތިލަމުން މިދަނީ ސާޖަކާއި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ މިވަގުތަށް އެންމެ މުހިންމީ ބަލިން އަރައިގަތުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސޮލޭޝަން ފެސިލިޓީތަކެއް ގާއިމްކޮށްފައިވާއިރު އެ ފެސިލިޓީތުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް އައިސޮލޭޓު ކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ އެތައް ގައުމަކުން ކުރިމަތިލަމުން ދާ ބައްޔެއްކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ އެ ގައުމުތަށް މިހާރު ދަނީ އާއްމު ހާލަތަކަށް އެޅެމުން ކަމަށެވެ. ރާއްޖެއިން ބައްޔާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނައިރު ވަގުތުތަކެއް ތައްޔާރުވުމަށް ލިބުމުގެ ސަބަބުން ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އުންމީދަކީ، ބަލި ވީހާވެސް އަވަހަށް ކޮންޓްރޯލް ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިދަނޑިވަޅުގައި ސަރުކާރުގެ މަސައްކަތްތައް އިތުރަށް ޑަބަލް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނަމަ އެކަން އާއްމު ކުރަމުން ދާނެ ކަމަށެވެ. އަދި ޑެލިވަރީތައް ހުއްޓާލުމާ، ފިހާރަތައް ބަންދުކުރަން އަދި މިހާތަނަށް ނިންމާފައި ނުވަތަ މަޝްވަރާ ކުރެވިފައި ނުވާނެ ކަމަށެވެ. އެއީ ލޮކްޑައުންގެ ހާލަތުގައި ރައްޔިތުންނަށް ދަތިވާފަދަ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.

”މި ބަލީގައި އަންނާނެ އެންމެ އުނދަގޫ ހާލަތަށް މި ވަންނަނީ. އަޅުގަނޑުމެންގެ ފޯކަސް މިހުރީ މި ހާލަތް މެނޭޖްކޮށް، މި ހާލަތުން އަރައިގަތުމަށް. އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ގޮސްފި ނަމަ، 2-6 ހަފްތާގެ ތެރޭގައި މި ބަލި ކޮންޓްރޯލް ކުރެވި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޑުމަޑުން ލޮކްޑައުން އީޒް ކުރެވުނު ބީދައިން ކުރެވުމަކީ ބެސްޓް ކޭސް ސިނާރިއޯއެއް“ އަލީ ވަހީދު

ހާލަތާއި އެއްގޮތަށް ކަންކަން ރޭވުމުގެ މަސައްކަތް ކުރިޔަށްދާއިރު، މިހާރު ބެލެވޭ ގޮތުގައި ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފެށޭވަރު ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ބެސްޓް ކޭސް ސެނާރިއޯއެވެ. މޮޓަރޭޓް ސިނާރިއޯގައި ވާގޮތުން ބަލި ފެތުރޭނެ މިންގަނޑެއް ބެލުމަށްފަހު ބަލި ކޮންޓްރޯލްކޮށް އޮކްޓޯބަރު ހިސާބުގައި ފަތުރުވެރިކަން ހުޅުވަލެވޭ ވަރުވާނެއެވެ.

ފަތުރުވެރިކަން ހުޅުވާލާނީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށްފަހުކަން ފާހަގަ ކުރައްވާ އަލީ ވަހީދު ވިދާޅުވީ ދާއިރާގެ ބޭފުޅުންނާއި އެކު މަޝްވަރާތަކެއް ކުރިޔަށް ދާ ކަމަށެވެ. ބައެއް ކަންތައް އަދި ފައިނަލް ނުކުރެވޭތީ ހިއްސާ ކުރެވެން ނެތް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް، އިކޮނޮމިކް ކައުންސިލުން ފަތުރުވެރިކަން ހުޅުވާލުމާ ގުޅޭގޮތުން ތައްޔާރު ކުރި ޕްލޭންގެ ޑޮކިއުމެންޓުތައް ރައީސް އޮފީހާއި ހިއްސާކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެހެން ކަމުން ރައީސް އޮފީހުގެ ބަހެއް ލިބުމާއި އެކު އެކަން ހިއްސާ ކުރައްވަނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ކާރިސާއިން އަރައިގަތުމަށް ވަގުތަކެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ދަތިތަކެއް އަޔަ ނުދޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަން ވިޔަފާރިވެރިންނަށްޓަކައި ހުޅުވައެއް ނުލާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: