ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބާއްވަނީ

މައުރަޒު ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށްޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޗައިނާގެ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއަށް ވަޑައިގެން އެތަނުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ މިއުޒިއަމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑިރެކްޓަރު ވަންގް ލޮންގްއެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ދާރުލްއާސާރުގެ ހާއްސަ މައުރަޒެެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ޗައިނާގެ މިއުޒިއަމްތަކުގެ މައުރަޒުތަކެއްް ރާއްޖޭގައި ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ”އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިންގ އެންޑް ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިންގ ޗައިނާ އެންޑް ދަ މޯލްޑިވްސް“ ގެ ނަމުގައި ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ މައުރަޒެއް ރާއްޖޭގައިވެސް ބާއްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: