ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާއިން ސާވިސް ޗާޖު ދޭން ލާޒިމްވާ އިސްލާހު އަވަސްކުރަން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އަވަސްކުރަން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާ އިސްލާހުކޮށް ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ހަމަޖެއްސުމަށް ހުށަހެޅި އިސްލާހު އޮތީ ކޮމިޓީ މަރުހަލާގައި އޮންނަތާ ވަނީ އެތައް ދުވަހެއް ވެފައެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދނީ ރުފިޔާއިން ކަމަށާއި އެއީ މުވައްޒަފުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނަކަށް ލިބެންޖެހޭ ސާވިސް ޗާޖުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭ ކަމަށް ސިޓީގައިވެއެވެ.

ސާވިސް ޗާޖާ ގުޅޭ އިސްލާހަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންގެ ހައްގާ ސީދާ ގޮތުން ގުޅިފައިވާ ކަމަކަށް ވާއިރު ކޮމިޓީ މަރުހަލާގައި ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންގޮސް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭން ޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލްގައި ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: