ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި އެޅި އަންހެނަކު ހައްޔަރުކޮށްފި

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ދަޑިކޮށީގެ، އުމުރުން 46 އަހަރުގެ އާމިނަތު ޢަލީދީދީއެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ މި މަހުގެ 26 ފެށިގެން އަންނަ މަހުގެ 11 ގެ ނިޔަލަށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުންގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުށުގެ ވެއްޓަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު ހިމެނެއެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކ. މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހޯމަ ދުވަހު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:00 އެހާކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: