ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީ އާއި ފެނަކައާއި ދެމެދު ފެނާއި ނަރުދަމާގެ ޚިދުމަތް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އަށް ބަދަލުކުރުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސައިނެވެ.

މި ފްރޭމްވޯކް އެއްބަސްވުމަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުނުކެނޑި، އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމަށް އިސްކަންދީގެން، ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ބަދަލުކުރުމަށްޓަކައި އެކުލަވައިލެވުނު އެއްބަސްވުމެކެވެ. މި ބަދަލުގެ ދަށުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ އިތުރުން، ހިނގަމުންދާ މަޝްރޫޢުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، އެއްބަސްވުންތަކާއި، އިންވެންޓްރީ އަދި އެހެނިހެން ޒިންމާތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރެވޭނެއެވެ.

މި ބަދަލުގެ މަރުޙަލާގައި، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، ލިޔެކިޔުންތަކާއެކު ތަރުތީބުކޮށް ޚިދުމަތްތައް ޙަވާލުކުރުމުގެ މަސައްކަތުގައި އެމް.ޑަބްލިޔު.އެސް.ސީ އާއި ފެނަކަ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: